06 މެއި 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ވަންދެން، އެމަނިކުފާނުގައި އަރިހުގައި ދޫނިދޫ ޖަލުގައި ހުންނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ވަންދެން، އެމަނިކުފާނުގައި އަރިހުގައި ދޫނިދޫ ޖަލުގައި ހުންނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.
އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ފޮނުއްވި ސިޓީފުޅެއްގައި ނަސްރީނާ ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާތީ މައުމޫނަށް އާއިލީ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ. އެހެންވެ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ނަސްރީނާގެ ސިޓީގައި ވެ އެވެ.
އަދި ފުލުހުންނަށް އެކަން ނުކޮށްދެވޭ ނަމަ، އަމިއްލަފުޅަށް ދޫނިދު ޖަލަށް ވަޑައިގެން ފިރިކަލުން މައުމޫންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމުގައި އެހީތެރިވެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ނަސްރީނާ އެދިވަޑައިގަތެވެ.
"...[މައުމޫން] ގޭބަންދަށް ބަދަލުކޮށްދެވެން ނެތްނަމަ، އަޅުގަނޑަށް މިއަދު ވެސް ދޫނިދޫ އަށް ގޮސް އަޅުގަނޑުގެ ފިރިކަލުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުުމުގައި އެހީތެރިވެވޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވައި ދެއްވުން އެދެމެވެ. އަދި ހަމައެއާ އެކު، އަޅުގަނޑުގެ ފިރިކަލުންގެ މިހާލަތު ރަނގަޅު ވަންދެން އެމަނިކުފާނަށް އެހީތެރިވެވޭނެ ފަދަ ގޮތަކަށް، އަޅުގަނޑަށް އެމަނިކުފާނުގެ އަރިހުގައި ދޫނިދޫގައި މަޑުކުރެވޭނެ އިންތިޒާމް ހަމަަޖައްސަވައި ދެެއްވުން އެދެމެވެ،" ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫންގެ އަނބިކަނބަލުން ނަސްރީނާގެ ސިޓީގައި ވެ އެވެ.
މައުމޫންގެ އަރިހުގައި މަޑުކުރެއްވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ނަސްރީނާ އެދިވޑައިގެންނެވިއިރު، މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް ގެންދަން ފުލުހުން ވަނީ ފަށައިފަ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހާއި އިއްޔެ ވެސް އެކަމަނާ ޖަލަށް ވަޑައިގެން، ފިރިކަލުންގެ އަރިހުގައި މަޑުކުރައްވާފައި ވެ އެވެ.
މައުމޫންގެ އާއިލާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގަ އެވެ. އެހެންވެ އެއްވެސް ހާލެއްގައި ގިނިކަންޏާ ނުހުންނެވުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. މި ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވަނީ ކްރިމިނަލް ކޯޓުން އަމުުރުކޮށްފަ އެވެ.
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި
މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!
ޑިސެމްބަރުން ފެށިގެން މައުމޫން އުޅުއްވަނީ ބަލިވެ
މައުމޫންގެ އެދުމަކީ އިސްލާހު ކުރުމުގައި ސާބިތުވެ ތިބުން
މައުމޫން އަނެއްކާ ވެސް ދޫނިދޫ ޖަލަށް ބަދަލުކޮށްފި
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު
އެކްޓިން ކޮމިޝަނަރު ނަވާޒު، އިބޫއާ ބައްދަލުކުރައްވައިފި
މައުމޫނާ ބައްދަލުކުރަން ފުރުސަތެއް ނުދިން: ވަކީލު
މައުމޫންގެ ބޭސްތައް ފުލުހުން ވަނީ އަތުލާފައި: ވަކީލް