ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކާފަބޭފުޅުންނަށް، އެ މަނިކުފާނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.
10 މެއި 2018
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކާފަބޭފުޅުންނަށް، އެ މަނިކުފާނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.
ފުލުހުންގެ އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުއްވި ސިޓީގައި ބުނީ މިދިޔަ ފެބްރުއަރީ 5 ގައި މައުމޫން ހައްޔަރު ކުރި ފަހުން، ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މައުމޫން، ދޫނިދު އަށް ގެންދެވި ފަހުން ފުލުހުންގެ އުސޫލު އޮންނަ ގޮތުން ދޫނިދޫގައި އޮންނަ އާއިލީ ބައްދަލުވުމަށް ކާފަބޭފުޅުން ގެންދިއުމުގެ ހުއްދަ ނޯންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސިޓީގައިވެ އެވެ.
ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގެ ބަންދުގައި މައުމޫން ހުންނެވި ދުވަސްކޮޅު އެ މަނިކުފާނާ ބައްދަލުކުރުމަށް އާއިލާ އަށް ލިބޭ ބައްދަލުވުންތަކުގައި ކާފަބޭފުޅުންނަށް ވެސް އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މައުމޫންގެ ހަތް ކާފަބޭފުޅުން ތިއްބަވަ އެވެ.
"ވުމާއެކު، އެ މަނިކުފާނުގެ (މައުމޫން) ކާފަބޭފުޅުންނަށް އެ މަނިކުފާނާ ބައްދަލުނުކުރެވި ވަނީ ގިނަ ދުވަސްވެފަ އެވެ. އަދި މި ވަގުތު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކާފަބޭފުޅުން ވެސް އެ މަނިކުފާނާ ބައްދަލުކޮށް ހާލުކޮޅު ދެކިލަން ނުހަނު ބޭނުންވެ އެވެ،" ނަސްރީނާގެ ސިޓީގައިވެ އެވެ.
އެހެންވެ، ނަސްރީނާގެ ސިޓީގައި ވަނީ މައުމޫންގެ ކާފަބޭފުޅުންނަށް ވެސް ދޫނިދޫގައި އޮންނަ އާއިލީ ބައްދަލުވުންތަކަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
މައުމޫންގެ އާއިލާ އިން ބުނެފައިވާ ގޮތުގައި "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ދޭތެރެ ދޭތެރެއިން ނަސްރީނާ ދޫނިދޫ އަށް ވަޑައިގަންނަވަ އެވެ.
މައުމޫންގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު އެއީ މައުމޫންގެ ސިއްހީ މައްސަލައާ ގުޅިގެން ކަމެއް ނޭނގެ އެވެ. މިއީ މައުމޫންގެ ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.
މައުމޫން ހައްޔަރުކޮށްފައިވަނީ، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމަށް ފަހުގަ އެވެ.
މައުމޫނަށް އެހީތެރިވުމަށް ނަސްރީނާ ޖަލަށް!
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި
މައުމޫންގެ ބަންދަށް މިފަހަރު ވެސް ލުޔެއް ނުދިން
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ފަރުވާ އަށް ފަހު މައުމޫން ދޫނިދު އަށް ގެންގޮސްފި
ރޭ ވެސް ނަސްރީނާ ޖަލަށް ވަޑައިގެންނެވި
މައުމޫންގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލްކޮށްފި
މައުމޫންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ