ދެކުނު ކޮރެއާގެ އެއާޕޯޓެއްގައި، ސާފުކުރާ މީހެއްގެ ވަޒީފާ އަދާކުރާ މީހަކަށް އެތަނުގެ ފާހާނާއެއްގެ ޑަސްބިން ތެރެއިން ހަތް ގަނޑު ރަން ފެނި އަދި އޭނާއަށް އެ ރަންތައް މިލްކުވާނެ ކަމުގެ ޔަގީންކަން ބޮޑުވެއްޖެ އެވެ.
ދެކުނު ކޮރެއާގެ އެއާޕޯޓެއްގައި، ސާފުކުރާ މީހެއްގެ ވަޒީފާ އަދާކުރާ މީހަކަށް އެތަނުގެ ފާހާނާއެއްގެ ޑަސްބިން ތެރެއިން ހަތް ގަނޑު ރަން ފެނި އަދި އޭނާއަށް އެ ރަންތައް މިލްކުވާނެ ކަމުގެ ޔަގީންކަން ބޮޑުވެއްޖެ އެވެ.
ޑަސްބިން ތެރެއިން ރަންތައް ފެނުނީ ޑަސްބިން ހުސްކޮށްލަން އެޅެނިކޮށެވެ. އެ މީހާ ބުނަ ގޮތުގައި ކޮންމެ ރަންގަނޑެއްގައި ކިލޯއެއް ހުންނަ ގޮތަށް އޮތް ހަތް ގަނޑު ރަން ހުރީ ނޫސް ކަރުދާހަށް ލައިފަ އެވެ. މީގެ އަގު 350 މިލިއަން ވޮން (ފަސް މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ބެލެވެ އެވެ.
ކޮރެއަން ޓައިމްސް އިން ބުނެފައިވާ ގޮތުގައި، އެ ގައުމުގައި އޮންނަ، ހޮވާ ތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މި ރަންތައް ހޮވި މީހާއަށް 5-10 ޕަސެންޓް ލިބޭނެ އެވެ. އެކަމަކު އޭނާއަށް މިކަން ވާނީ ދޭންޖެހޭ ޕަސެންޓޭޖުގެ އަގު 70 މިލިއަން ވޮން އަށް ވުރެ އިތުރު ނުވާ ނަމަ އެވެ. އަދި މިއީ ކުށުގެ އަމަލަކާ ގުޅުން ހުރި ރަށްތަކެއް ނޫންކަން ވެސް ކަށަވަރުވާންޖެހެ އެވެ.
ފުލުހުން ބުނީ މިއީ މަތިންދާބޯޓުގައި ރަން ސުމަގުލް ކުރަން އުޅުނު މީހަކު ނުވަތަ ބަޔަކު، ފަޅާއަރައިފާނެ ކަމުގެ ބިރަށް ދޫކޮށްލާފައި ދިޔަ އެއްޗަކަށް ވެދާނެ ކަމަށެވެ.
ދެކުނު ކޮރެއާ މީހުން ދަތްކޮއްޓި ތެލުލައިގެން ކަނީ
ފޭސްބުކް ގޮވައިގެން "މާކް ޒަކަބާގް" ކޯޓަށް!
ޖަންކޫކްގެ ގެޔަށް ވަންނަ އުޅެނިކޮށް ހިފަހައްޓައިފި
ކްލާހުގައި ފޯނު ބޭނުންކުރުން ކޮރެއާގައި މަނާކޮށްފި
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ ދެކަނބަލުން ޖަލުގައި
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަނަށް ތާރީހީ ރެކޯޑެއް!
ބީޓީއެސްގެ ފުރަތަމަ ލައިވް އަލްބަމް މި މަހު ނެރެނީ
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި ދިވެހި ދިދަ
ބީޓީއެސްގެ އެނބުރި އައުން އަންނަ ސެޕްޓެމްބަރުގައި
ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ