02 މެއި 2018
އދ. މާމިގިލި ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އދ. މާމިގިލި ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ރަސްމީކޮށް މިއަދު ފަށައިފި އެވެ.
ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަަށް ކައިރި ކުރެވޭ ގޮތަށް، 1،300 މީޓަރު ދިގުމިނުގައި ހަދާފައިވާ "މާމިގިލި ކޮމާޝަލް ހާބަރު" ގެ މަސައްކަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ މި ސަރުކާރުން ގައުމު ތަރައްގީކުރަން ބިޔަ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ އިރު، އިދިކޮޅު ފަރާތްތަކުން ވެސް އެކަން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ރާއްޖެ އަށް ގުދުރަތީ ގޮތުން ލިބިފައިވާ ތަނަވަސް ކަމަށް ޝުކުރުވެރިވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުންް އިންޑިއާ ކަނޑުން މުދާ އުފުލާއިރު މައިގަނޑު ގޮތެއްގައި ބޯޓުތައް ދަތުރުކުރާ ދެ ކަނޑުއޮޅި ކަމަށްވާ ސެވަން ޑިގްރީ ޗެނަލް އާއި ޒީރޯ ޑިގްރީ ޗެނަލް އިން ދަތުރުކުރާއިރު ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދަށް ބޯޓުތައް ވަންނަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ދިވެހި ކަނޑު ހުރަސްކޮށް ދުވާލަކު 40 މިލިޔަން ބެރަލް ޕެޓްރޯލިއަމް، ތެޔޮ އެބަ އުފުލާ، ދިވެހިރާއްޖޭގެ ކަނޑުއޮޅިތައް ހުރަަސްކޮށް... ދުނިޔޭގެ ހުޅަނގުން އިރަށް، އިރުން ހުޅަނގަށް ކަނޑުގެ ޒަރިއްޔާ އިން ކޮމާސް ނުވަތަ މުދާ އުފުލާނެ ގޮތްތަކެއް ނުހުރޭ. އިންޑިއާ ކަނޑުގައި މި އޮންނަނީ ދެ ކަނޑުއޮޅި، އެއް ކަނޑުއޮޅިއަކީ ސެވަން ޑިގްރީ ޗެނަލް އަނެއް ކަނޑުއޮޅިއަކީ ޒީރޯ ޑިގްރީ ޗެނަލް. އެއް ކަނޑުއޮޅި މިއޮޓީ ރާއްޖޭ އުތުރުގަ، އަނެއްކަނޑުއޮޅި މި އޮންނަނީ ރާއްޖޭ މެދުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"މާމިގިލި ކޮމާޝަލް ހާބަރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން
އޭނާ ވިދާޅުވީ އެހެން ސަރުކާރުތަކުން ފައިސާ ނުލިބިގެން ކަމަށް ބުނެ ނުކުރެވި ހުރި ބޮޑެތި މަސައްކަތްތައް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި އެތައް މިލިއަން ޑޮލަރެއްގެ އިސްވެސްޓްމަންޓަކާ އެކު، ގިނަ ރިސޯޓުތަކެއް ވެސް ރާއްޖޭގައި ތަރައްގީކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި، އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، ސަރުކާރުން އެހެން ބަނދަރުތަކަށް ދޭ ފަދަ ޚާއްސަ އިނާާޔަތްތަކެއް މާމިގިލި ބަނދަރަށް މުދާ ބާލާ ފަރާތްތަކަށް ހޯދައި ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބަނދަރުގެ ވަޒީފާ އަށް ހުޅުވާލުމުން 180 މީހުން ކުރިމަތިލި ކަަމަށާއި، އޭގެ ތެރެއިން އަދި ވަޒީފާ އަށް ނަގާފައިވަނީ މާމިގިލީ 22 މީހުން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
އެ ބަނދަރުގެ މަސައްކަތް ފެށުމާ އެކު ފުރަތަމަ ބަނދަރު ކުރީ ބޭރުން މުދާ ގެންނަ ބޯޓެއް ކަމަށްވާ ބޮންތި 2 އެވެ. އެ ބޯޓަށް މާމިގިލީގެ ރައްޔިތުން ވަނީ ފަރިވަޅެއް ދީފަ އެވެ.
މާމިގިލީ އެއާޕޯޓާ އެކު، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ރާއްޖޭ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރުގެ ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަން ފެށިއިރު، އެމްޕީއެލް އިން ބުނީ އެ ބަނދަރުގެ ބައިނަލްއަގްވާމީ އޮޕަރޭޝަނަށް ބޭނުން ކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ.
އެމްޕީއެލް އިން މާލޭގެ އިތުރުން ހުޅުމާލެ އާއި ސ. ހިތަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ވިޔަފާރި ބަނދަރެއް ހިންގަ އެވެ.
ވިސްނައިދީފައި އޮތީ ކަންކަން ނުކުރެވޭނެކަން: ސައީދު
މާމިގިލީ ވިޔަފާރިބަނދަރަށް ފުރަތަމަ ބޯޓު ބަނދަރުކޮށްފި
މާމިގިލީ ބަނދަރުގެ އޮޕަރޭޝަން އަންނަ މަހު ފަށަނީ
އަގު ކޮންޓްރޯލްކުރީ ޝަކުވާތަކެއް ހުރުމުން: ސައީދު
ގުދަންކުރަން މަޖޫރީންނަށް އިތުރު އަގެއް ނުނެގޭނެ
މުދާ ކްލިއާކުރުމާ އެމްޕީއެލުން ހަވާލުވާން ޖެހިދާނެ
މަޖޫރީން އަގުބޮޑުކުރާ މައްސަލަ ހައްލު ކުރާނަން: ސައީދު
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
"ޓްރޭޑިއަން" ނެޝަނަލް ސިންގަލް ވިންޑޯ ތައާރަފްކޮށްފި
"ހަރަދު ކުޑަ ކުރަން ރިފޯމުގެ މަސައްކަތް ފަށައިފިން"