02 މެއި 2018
ކުޑަ ގައުމަކަށް ވާތީ ފަގީރުކަން އޮންނާނެ ކަމާއި ކަންކަން ނުކުރެވޭނެކަން މީގެ ކުރިން ދިވެހިންނަށް ވިސްނައިދެމުން އައިސްފައިވާ ކަމަށާއި އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުޑަ ގައުމަކަށް ވާތީ ފަގީރުކަން އޮންނާނެ ކަމާއި ކަންކަން ނުކުރެވޭނެކަން މީގެ ކުރިން ދިވެހިންނަށް ވިސްނައިދެމުން އައިސްފައިވާ ކަމަށާއި އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. މާމިގިލީގައި ހެދި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރު ހުޅުވުމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އަބަދުވެސް އައީ ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށް ވުމުން ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށް ވިސްނަައި ދެމުން ކަމަށެވެ. އިގްތިސާދު ބިނާ ކުރަމުން އައީ ހަމައެކަނި ފަތުރުވެރި ކަމަށް ކަމަށާއި ނަތީޖާއެއްގެ ގޮތުން އެހެން އިގްތިސާދީ ދާއިރާތަކާ މެދު އޮތީ ވަރަށް ބޮޑަށް އިހުމާލު ވެފައި ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމަކު ސައީދު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން އެ ކަންކަން ބަދަލުކުރައްވައިފި އެވެ.
ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު އަދި މުހިންމު ތަނެއްގައި އޮތް ގައުމަކަށް ވާތީ އެކަމުގެ އިގްތިސާދީ ފައިދާ ވަރަށް ބޮޑަށް ނެގިދާނެކަން ސައީދު ފާހަގަކުރެ އެވެ.
"އަޅުގަނޑުމެންނަކީ ކަނޑުގެ ފުޓް ޕްރިންޓް ވަރަށް ބޮޑު ގައުމެއް. އަޅުގަނޑުމެންނަކީ އިގްތިސާދީ ފުޓް ޕްރިންޓް ވަރަށް ބޮޑު ގައުމެއް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މުދާ ހިފައިގެން ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ދަތުރު ކުރެވޭނެ މާ ގިނަ ގޮތްތަކެއް ފަހިވެފައި ނެތް ކަމަށެވެ. ދުނިޔޭގެ މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރަށް އިންޑިއާ ކަނޑު ހުރަސްކޮށް މުދާ އުފުލެން އޮންނާނީ ދެ ކަނޑުއޮޅިއެއް ކަމަށާއި އެ ދެ ކަނޑު އޮޅި ވެސް އޮތީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ވުމަކީ ރާއްޖެ އަށް ލިބިފައި އޮތް ބޮޑު ނަސީބެއް ކަމަށް ސައީދު ވިދާޅުވި އެވެ.
"މިހާރު ދުނިޔޭގައި ހުރި ބިޔަ، ވެރީ ލާޖް ކޮންޓެއިނާ ކެރިއާ (ވީއެލްސީސީ) ނުވަތަ އަލްޓްރާ ލާޖް ކޮންޓެއިނާ ކެރިއާތަކަށް ސުއެޒް ކެނަލް އަކުން ދަތުރެއް ނުކުރެވޭ. އެއީ ފަސް ލައްކަ ޓަނަށް ވުރެ ބޮޑެތި ބޯޓް ފަހަރަށް މި ދަތުރު ކުރެވެނީ ސައުތު އެފްރިކާގެ ޓިޕުން ޗައިނާއަށް ނުވަތަ އީސްޓަށް. އަދި އީސްޓުން ޔޫރަަޕަށް ދާ ނަމަ، މިސާލަށް ބްރެޒިލްގައި އުފައްދާ ތެޔޮ ޗައިނާއަށް ފޮނުވާ ކަމަށް ވަންޏާ އިންޑިއާ ކަނޑު ހުރަސްކޮށް ދެވެން އިންނާނީ ހަމައެކަނި ސައުތު އެފްރިކާގެ ޓިޕުން. ސުއެޒް ކެނަލްއަކުން ދަތުރެއް ނުކުރެވޭ،" ސައީދު ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގެ ކަނޑުއޮޅި ހުރަސްކޮށް ދުވާލަކު އެތައް މިލިއަން ފީފާއެއްގެ ތެޔޮ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެން ކަމުން އަހަރެއްގެ މައްޗަށް އެއް ޓްރިލިއަނަށް ވުރެ ގިނަ ފީފާގެ ތެޔޮ ރާއްޖޭގެ ކަނޑު ހުރަސްކޮށް ގެންދެވޭނެ ކަމަށާއި އެއިން ވެސް އެނގެނީ ރާއްޖެ އަށް ފަހިވެފައި އިގްތިސާދީ ގޮތުން ފަހިވެފައި އޮތް ފުރުސަތުތައް ކަމަށް ސައީދު ވިދާޅުވި އެވެ.
ޓޫރިޒަމަށް ބަރޯސާ ނުވެ އިގްތިސާދީ އެހެން މަސައްކަތްތަކުން ވެސް ނަފާ ހޯދޭނެކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ދިވެހިންނަށް ވިސްނައިދެމުން އައިސްފައި ވަނީ "ނުވާނެ" ކަން ކަމަށެވެ
"ނުވާނެ ކަމުގެ މައްޗަށް އަޅުގަނޑުމެންގެ ވިސްނުން ތިލަ ކޮށްފައި ހުރީ. އަދި އެ ވިސްނުންތަކުގެ މައްޗަށް ކުރި ވެރިކަންތަކެއް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ފަގީރު ކަމަކީ މިހާ ކުޑަ ގައުމެއްގައި އޮންނާނެ ކަމެއް ކަމާއި، ވަސީލަތްތައް ނެތް ކަމާއި، މިފަދަ ހުރިހާ ވާހަކައެއް އަޅުގަނޑުމެންގެ ވިސްނުމަށް ލައިދެމުން ދިޔައީ.،" ކުރީގެ ސަރުކާރުތަކަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށް މާމިގިލީގައި ހުޅުވި އެ ބަނދަރަކީ ރާއްޖޭގައި ރަށެއްގައި ހަދާފައިވާ އެންމެ ބޮޑު ބަނދަރެވެ. ގާސިމްގެ ވިލާ ކުންފުނިން ހެދި އެ ބަނދަރު ހިންގާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ
މާމިގިލީ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިފި
މިނިވަން ވިޔަފާރީގެ އެެއްބަސްވުމުގައި ރާއްޖެ-ޗައިނާ ސޮއިކޮށްފި
އިގްތިސާދީ ޕެކޭޖުގެ ތަފްސީލަށް ސައީދު އެދިވަޑައިގެންފި
އިދިކޮޅުން ވެރިކަމަށް އަތުވެެއްޖެ ނަމަ އޮތީ ބިރުވެރިކަން
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ހައްގު އުޖޫރަ ލިބިގެން ނޫނީ ކުރިއަރައި ނުދާނެ: ސައީދު
ރާއްޖޭގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރު:ސައީދު
އިދިކޮޅަށް ކާމިޔާބު ނުލިބެނީ މިސްރާބެއް ނެތީމަ: ސައީދު
ނަޝީދަކީ "ސަރަހައްދީ މުސީބާތަކަށް" ވެއްޖެ: ސައީދު