Roadha Mihaaru

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި 250 އަށްވުރެ ގިނަ ފަރާތެއްގެ އުފެއްދުމަށް އެވޯޑު ލިބިއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުން އުފެއްދުންތަކަށް ހާއްސަކޮށް ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ "މޯލްޑިވްސް އެކްސްޕޯ 2025" ގައި ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް މިރޭ އެވޯޑު ހަވާލުކޮށްފި އެވެ.

މޯލްޑިވްސް އެކްސްޕޯ: ގިނަ އުފެއްދުންތަކަކަށް އެވޯޑު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

22 މެއި 2025

ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ދާއިރާތަކުން އުފެއްދުންތަކަށް ހާއްސަކޮށް ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ "މޯލްޑިވްސް އެކްސްޕޯ 2025" ގައި ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް މިރޭ އެވޯޑު ހަވާލުކޮށްފި އެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ 15 ކެޓަގަރީއަކުން 81 ދާއިރާއަކުން ތަކެތި ހުށަހެޅި ފަރާތްތަކުގެ އުފެއްދުންތަކުގެ ތެރެއިން ވަނަތައް ހޮވައިފަ އެވެ.

މާދަމާ ރޭ 8:30 އިން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މައުރަޒު ކުރިއަށް ގެންދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭ އަށް އެކަނި ބަހައްޓާ ބަޔަކަށް ބަހާލައިގެންނެވެ. ވާދަކުރުމުގެ ކެޓަގަރީތަކުން 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެ އެވެ. އެ ތަކެތި ޖަޖުކޮށް ވަނަތައް ކަނޑައެޅީ އެކަމަށް ހާއްސަ ޕެނަލަކުންނެވެ.

މައުރަޒުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މައުރަޒަށް ހުށަހެޅި ހުރިހާ އުފެއްދުންތަކެއްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް އުފެއްދުމެއް މިރޭގެ ހަފުލާގައި ހޮވި އެވެ. އެއީ ކްރިއޭޓިވް ދާއިރާ އިން އަބޫޑީ މޯލްޑިވްސްގެ "ދެ ލާރި" އުފެއްދުމާއި މޯލްޑިވްސް ޕޮލިޓެކްނިކް އިން އުފެއްދި "ކޭކް ރަސްފަރި" އާއި އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް އުފެއްދި އަލީ މާހިރުގެ އުފެއްދުމާއި ލުޖެއިން އަލީ ހަމީދު އުފެއްދި "ސީ ބާޑް" އާއި މުހައްމަދު މޫސާ ތައްޔާރުކޮށްފައިވާ ލަކުޑީގެ އުފެއްދުން "ޔޮޓް ދޯނި" އެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅި އުފެއްދުންތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަަހީމް އަދި ދައުލަތުގެ އެހެން ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މައުރަޒަށް ތައްޔާރުވުމުގެ ގޮތުން ލޯކަލް ކައުންސިލްތަކާއި ފަންނުވެރިން ބައިވެރިވި ކުރުމަށް އެ މިނިސްޓްރީން އިސްނަގައިގެން މުހިއްމު މަސައްކަތްތަކެއް ކުރި ކަމަށެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 6.6 ބިލިއަން ޑޮލަރުގައި ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ސަރުކާރުން ދޭ ކަމަށެވެ. އޭނާ ވިދާޅުވީ، ހަމައެކަނި އުފެއްދުންތެރިކަމުގެ މައުރަޒުގައި ކްރިއޭޓިވް އިކޮނޮމީ އަށް ހާއްސަ ކޮށްފައިވާ ބައެއް ކަނޑައަޅާފައިވާ ކަމަށެވެ.

"އެކަމުގެ ސަބަބުން، ދިވެހި ޒުވާނުން ބޭނުންވި ޖާގައެއް ނުލިބުނު. އެކަމަކު ބައިވެރިވި ބޭފުޅުން ވަރަށް އާދަޔާ ހިލާފު ފަންނުވެރި މަސައްކަތްތައް ވަނީ ދައްކާލާފައި،" ސައީދު ވިދާޅުވި އެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަން ވަނައެއް ހޯދި މީހަކަށް ރައީސް މުއިއްޒު މިރޭ އިނާމު ހަވާލުކޮށް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސައީދު ވިދާޅުވީ، މައުރަޒުގައި ޑިޖިޓަލް ޑިސްޓްރިކްޓެއް ހުންނާނެ ކަމަށާއި "މާކެޓް ސްޕޭސް" ގެ ނަމުގައި ވެސް ހާއްސަ ޖާގައެއް ހުންނާނެ ކަމަށެވެ. މި ފަހަރުގެ މައުރަޒު ބާއްވަނީ މީގެ ކުރިން އެފަދަ މައުރަޒުތައް ބާއްވާ ގޮތާ ވަރަށް ބޮޑަށް ތަފާތު ގޮތަކަށް ކަމަށާއި މި ވެރިކަން ނިމޭ އިރު ރާއްޖޭގައި އުފައްދާތަކެތި ފަސޭހައިން ވިއްކޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި އުފެއްދުންތެރިކަމުގެ މި ފަހަރުގެ މައުރަޒުގައި ވަނީ 300 އަށް ވުރެ ގިނަ މީހުން ބައިވެރިވެފަ އެވެ. އެ މައުރަޒު އާންމުންނަށް ހުޅުވާލަނީ މާދަމާ ރޭގަނޑު 8:30 ގަ އެވެ.