ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެއީ ޒުވާނުންނާއި ތަހުޒީބު މުސްލިމުން ބަަލައިގަންނާނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
18 އެޕްރީލް 2025
ސިޔާސީ ޕާޓީތައް ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެއީ ޒުވާނުންނާއި ތަހުޒީބު މުސްލިމުން ބަަލައިގަންނާނެ ކަމެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކޮންމެ ހަފުތާއަކު ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދެއްގަ އެވެ.
އާންމުވެފައިވާ ވީޑިއޯގައި ޖަމީލް ވިދާޅުވީ، ފަތިސް ނަމާދުކުރިޔަސް "މަކަރު ހަދާ މީހުންނަށް ސުވަރުގެ ހަރާން ކަމަށް" ހަދީސްގައިވާ ކަމަށެވެ.
"ކިތަންމެ ވަރަކަށް ޓީވީއާ އެއްޗެހި ހިފައިގެން ގޮސް ފަތިސް ނަމާދަށް އެރިޔަސް ތިއޮތީ ހަދީސެއް، މި މަކަރު ހަދާފައި ﷲ އޭނާގެ މައްޗަށް ސުވަރުގެ ހަރާން ކުރައްވާނެ ކަމަށް އެ އޮތީ ހަދީސްގައި އަންގަވާފައި،" ޖަމީލް ވިދާޅުވެ އެވެ.
އެއާ ވިދިގެން ދެން އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ނާއިފް ޝައުކަތު ވެސް ވަނީ ރައީސް މުއިއްޒު "މަރުވާނެ ނަމައޭ" މީހުން ހިތަށް އަރާ ކަމަށާއި ކޮފީ މޭޒުތަކުގައި ވެސް ދައްކަނީ އެ ވާހަކަ ކަމަށް ބުނެފަ އެވެ.
އެހެންވެ، އެ ވާހަކަތަކާ ގުޅިގެން ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2007 ގައި ރާއްޖޭގައި ނިޒާމީ ވޯޓު ނެގުމުގެ ކުރިން އޭރު ރާއްޖޭގައި އޮތް ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ވީޑިއޯގައި ފެންނަ ބޭފުޅާ [ޖަމީލް] ރުންކުރުވެ، އެ ތަނުގައި ތިބި ރައްޔިތުންނަށް "ނާގާބިލަށް ޖާހިލަށް ގޮވުމަށް ފަހު ނަފްސު ކޮންޓްރޯލް ނުވެގެން ސްޓޭޖް ދޫކޮށް ދިޔަ" ކަމަށެވެ.
ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާއި ސުވަރުގެ އާއި ނަރަކަ އަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާ މެދު ވެސް ތިމާ އަމިއްލަ އަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ. މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވާށި،"--- ސައީދު
ވަކި ބޭފުޅެއްގެ ނަން ވިދާޅު ނުވެ ކުރެއްވި އެ ޕޯސްޓުގައި ސައީދު ވިދާޅުވީ އޭގެ 17 އަހަރު ފަހުން ވެސް މި ފެންނަނީ ހަމަ އެ މަންޒަރު ކަމަށެވެ.
"ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި މި މީހުން މި ކުރަނީ ގައުމަށާ އާއިލާތަކަށް ވެސް ފުރައްސާރަ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާ ގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.
މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ، ހޭބުއްދި ލުހި، އަނބިދަރިންނާ އާއިލާތަކުގެ ކަރާމާތަށް" އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ ސައީދު ނުރުހުން ފާޅުކުރެއްވި އެވެ.
"ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާއި ސުވަރުގެ އާއި ނަރަކަ އަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާ މެދު ވެސް ތިމާ އަމިއްލަ އަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށް މިދަނީ. މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރައްވާށި،" އެ ޕޯސްޓުގައި ސައީދު ވިދާޅުވި އެވެ.
އެ ގޮތްގޮތަށް ވާހަކަތައް ދައްކަވާ ބޭފުޅުންނާ ބަލާއިރު، ރައީސް މުއިއްޒަކީ ތަފާތު ހަރުދަނާ އަދި މަޑުމައިތިރި، ރީތި އަހުލާގެއްގެ ބޭފުޅެއް ކަމަށާއި އަނެކުންގެ ކަރާމާތް އެ މަނިކުފާނު ހިފަހައްޓަވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވައުދުފުޅުތައް ފުއްދެވުމަށް ކުރާ މަސައްކަތްޕުޅުތައް ކާމިޔާބުވެ، ރައްޔިތުންގެ ލޯބި އިތުރުވާ މަންޒަރު ފެނުމުން، "ހަމައިން ނެއްޓުމަކުން" ވާނެ މޮޅެއް ނެތެވެ.
ގެއަށް ބަދަލުކުރި އިލްތިމާސް ވެސް ޔާމީން ގަބޫލުނުކުރޭ!
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!
ޕީޕީއެމް މަގުމަތިކޮށްލަން އުޅުނީ ޔާމީން: އަބްދުއްރަހީމް
އެމްޑީޕީގެ ހަގީގީކުލަ ވެރިކަން ގެއްލުމުން ފެނޭ: ސައީދު
ޕީޕީއެމާއި ޕީއެންސީން އިންޑިއާ ސަފީރާ ބައްދަލުކޮށްފި
ރިޔާސީ ބަޔާނުގައި އުއްމީދެއް ނެތް: އިދިކޮޅު
"ހާމަވީ ރައީސް އަންގާހާ ގޮތަށް ކަންކަން ނުކުރާކަން"
ޖުޑީޝަރީއަށް ރައީސްގެ ނުފޫޒެއް ނެތް: ޕީއެންސީ
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!