07 ނޮވެމްބަރ 2024
ޑިޖިޓަލް އިގުތިސާދެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އެކަން ހާސިލް ކުރުމަށް މުހިއްމު ކަންތައްތަކެއް ރާވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިޖިޓަލް އިގުތިސާދެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު މަސައްކަތް ކަމަށާއި އެކަން ހާސިލް ކުރުމަށް މުހިއްމު ކަންތައްތަކެއް ރާވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއައިބީ އިން ރާއްޖޭގެ ހަތަރު އަތޮޅެއްގެ 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ޑިޖިޓަލް އިގްތިސާދެއް ގާއިމް ކުރުމުގައި ސަރުކާރުގެ މައި ތިން ތަނބުގެ ތެރެއިން އެއް ތަނބު ކަމަށެވެ.
"ޑިޖިޓަލް އިކޮނޮމީއެއް ރާއްޖޭގައި ގާއިމް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް މިއަދު އެއް ބޭންކުގެ ގޮތުން އިސްލާމިކް ބޭންކުން ކުރެއްވި މަސައްކަތުން ވަރަށް ބޮޑު ހިތްވަރެއް އާ ވެގެން މިދިޔައީ،" ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.
އެ އަމާޒަށް ދިއުމަށް އިސްލާމިކް ބޭންކުން އަންނަ އަހަރު ވެސް މަސައްކަތް ކުރާނެ ކަން އެނގުމަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ބީއެމްއެލް އިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް، އެންމެ ފަހުގެ މާލީ ހިދުމަތްތައް ރާއްޖެ އަށް ތައާރަފް ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، މި ޒަމާނުގައި "ފައިނޭންޝަލް އިންކްލޫސިވްނެސް" ހާސިލްކުރުމަށް ކޮންމެހެން އިދާރާތަކަށް ގޮސް ހިދުމަތްތައް ހޯދާކަށް ނުޖެހޭނެ ކަމަށެވެ. އެހެންވެ، ފައިސާ ދެއްކުމުގައި އެންމެ ފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމަށް ވެސް ސަރުކާރުގެ އިސްނެގުމުގެ މަތިން އިދާރާތަކުން އާ ކަންކަން ތައާރަފް ކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
ޑިމާންޑު ބޮޑަސް ޑޮލަރު ރޭޓު ހިފެހެއްޓިއްޖެ: ސައީދު
ސޮވެރިންފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި:ސައީދު
ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ދެނީ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
މުސާރައިން 10 ޕަސެންޓް އުނިކުރަން ފަލާހު ނިންމަވައިފި
އެމެރިކާގެ ފާމާއެކު ކުރިއަށް ނުދާން ނިންމައިފި
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް