20 މާޗް 2024
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގުތިސޯދު އޮތް ދަތި ހާލަތުން އަރައިގަނެވި، ޑޮލަރު ރޭޓު މަތިވިޔަ ނުދީ އެއްވަރެއްގެ ހިފެހެއްޓިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގުތިސޯދު އޮތް ދަތި ހާލަތުން އަރައިގަނެވި، ޑޮލަރު ރޭޓު މަތިވިޔަ ނުދީ އެއްވަރެއްގެ ހިފެހެއްޓިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެޅުނު ހަރުދަނާ ފިޔަވަޅުތަކާއި ކުރެވުނު ބުރަ މަސައްކަތްތަކުގެ ސަބަބުން، މިދިޔަ ނޮވެމްބަރު މަހު ގައުމަށް ކުރިމަތިވެފައި އޮތް ދަތި ހާލަތުން އަރައިގަނެވިފައިވާ ކަމަށެވެ.
"އުމްރާގެ މޫސުމާއި ރޯދަ މަހާ އެކު އިމްޕޯޓަށް ވެސް ވަރަށް ބާރު ބޮޑުވާ ދުވަސްވަރެއްގައި، ފޮރިން ކަރަންސީއަށް އޮންނަ ޑިމާންޑު އިތުރުވެފައިވިޔަސް، ޑޮލަރު ރޭޓު މި ވަނީ ހިފެހެއްޓިފައި ނޫނީ ކުރިއަށް ވުރެ ވެސް ދަށްވެފައި،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފައިސާ ޗާޕުކުރުން ހުއްޓައިލުން ފަދަ ވަރަށް ދުރުވިސްނޭ، ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދުނު ކާމިޔާބީ އެކެވެ.
"އަދި ކުރިއަށް އަޅުގަޑުމެންގެ ރޭވިފައި ހުރި ވަރަށް ޓާގެޓަޑް މަސައްކަތްތަކެއް، މެޝާސްތަކެއް އަޅުގަނޑުމެން އިމްޕްލިމަންޓް ކުރަމުން ގެންދާނަން. އެއާ އެކު ކުރިއަށް އޮތް ތަނުގައި ޑޮލަރު ރޭޓު އިތުރަށް ރަނގަޅު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ސަރުކާރުން ތަންފީޒުކުރަމުންދާ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އަނެއް ބަޔަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
އޭގެތެރޭގައި، ޓޫރިޒަމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކޮށް، އިގުތިސޯދު ސިންދަފާތު ކުރުމުގެ ފުޅާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސައީދު އެ އިޝާރާތް ކުރެއްވީ އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު މިދިޔަ ހަފްތާގައި ސޮއި ކުރެވުނު އެއްބަސްވުމަށެވެ.
ދާދި ފަހުން ހއ. އަށް ކުރެއްވި ދަތުރުގައި ސައީދު ވަނީ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ދައުލަތް ހިންގުމުގެ ހަރަދު ދެކޮޅު ޖައްސަން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެފަހުން، ސަރުކާރުން ވަނީ ދަރަނި މެނޭޖުކުރުމާއި ބަޖެޓު ފޫބެއްދުމަށް ވަރުގަދަ ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލައި ތަންފީޒުކުރަން ފަށައިފަ އެވެ.
އައިއެމްއެފް އިން ވެސް މަރުހަބާ ކިޔާފައިވާ އެ ރިފޯމް އެޖެންޑާގެ ދަށުން، ދައުލަތުން ކުރާ ހޭދައިގެ އިސްރާފު ކުޑަކުރުމަށްޓަކައި، ބޮޑެތި ހަފްލާތައް ބޭއްވުމާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތައް މަދުކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
"ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަކީ މުހިއްމު ވައުދެއް"
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
ޑޮލަރުގެ ރޭޓް ތިރިވާން ފަށައިފި: ރައީސް
ސޮވެރިންފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފި:ސައީދު
ދޮގު ވާހަކަ ފަތުރަނީ ރިފޯމް އެޖެންޑާއަށް ހުރަސްއަޅަން
ރީއެކްސްޕޯޓަށް 100 ހެކްޓަރުގެ އެސްއީޒެޑެއް ދެނީ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް