Roadha Mihaaru
އެމެރިކާ މަސައްކަތް ކުރަނީ ސައުދީ އާއި އީރާން ޖައްސަން: ޚާމަނާއީ

އެމެރިކާ މަސައްކަތް ކުރަނީ ސައުދީ އާއި އީރާން ޖައްސަން: ޚާމަނާއީ

01 މެއި 2018

ތެހެރާން (މެއި 1) - އެމެރިކާ އިން މަސައްކަތް ކުރަނީ ސައުދީ އަރަބިއާ އާއި އީރާން ޖައްސައިގެން މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުންގަނޑެއް އުފެއްދުމަށް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (މެއި 1) - އެމެރިކާ އިން މަސައްކަތް ކުރަނީ ސައުދީ އަރަބިއާ އާއި އީރާން ޖައްސައިގެން މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުންގަނޑެއް އުފެއްދުމަށް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ރަސްމީ ޓީވީ މެދުވެރި ކުރައްވާ ޚާމަނާއީ ދެއްވި ބަޔާނެއްގައި ވަނީ މެދުއިރުމަތި ދޫކޮށް އެމެރިކާ ދިއުމަށް ގޮވާލައްވައިފަ އެވެ. އަދި އީރާނަށް ގޮންޖެހުމަށް ކުރާ ކޮންމެ މަސައްކަތެއް ނާކާމިޔާބުވާނެ ކަމަށް ވިދާޅުވި އެވެ.

"އީރާނާ ކުރިމަތިލެވޭނެ އެއްގޮތަކީ ތަޖްރިބާ ނެތް މެދުއިރުމަތީގެ ލީޑަރުންނާ ކުޅުން،" ސައުދީ ވަލީ އަހުދު އުމުރުން 32 އަހަރުގެ މުހައްމަދު ބިން ސަލްމާން އަށް އިޝާރާތް ކުރައްވާ ޚާމަނާއީ ވިދާޅުވި އެވެ. "އެމެރިކާ އިން މަސައްކަތް ކުރަނީ ސައުދީ އަރަބިއާ އާއި އީރާން ޖައްސަން. މުސްލިމުންނާއި މުސްލިމުން ޖައްސަން. އެކަމަކު އެ ގައުމުތަކުން ބޯ ބަހައްޓައިގެން ކަންކޮށްފި ނަމަ އީރާނާ ކުރިމަތިލާކަށް ނުކެރޭނެ. ކުރިމަތިލާން ކެރޭ ގައުމެއް ވިއްޔާ ވެސް ބަލިވާނެ. އޭރުން އެމެރިކާގެ މަގްސަދު ހާސިލެއް ނުވާނެ."

ޚާމަނާއީ ވިދާޅުވީ މެދުއިރުމަތީގައި އީރާނުގެ ނުފޫޒް ކުޑަ ކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ.

"ޕާސިއަން ގަލްފަކީ އަހަރެމެންގެ ގެ. މެދުއިރުމަތިން ދާން ޖެހޭނީ އެމެރިކާ،" ޚާމަނާއީ ވިދާޅުވި އެވެ.

ސައުދީ އާއި އީރާނުން ފަހަކަށް އައިސް ވަނީ ބަހުގެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އީރާން މައްސަލައިގައި އެމެރިކާ އިން ދަނީ ސައުދީ އަށް ތާއީދު ކުރަމުންނެވެ.