19 އެޕްރީލް 2018
ނޭޕްލްސް (އޭޕްރިލް 19) – ރެލިގޭޝަން ޒޯނުގައި އޮތް ކްރޮޓޯނޭއާ 1-1 އިން ޔުވެންޓަސް އެއްވަރުވެ އަދި ނަޕޯލީން ރޭ އުދިނޭޒީ އަތުން 4-2 އިން މޮޅުވުމާ އެކު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.
ނޭޕްލްސް (އޭޕްރިލް 19) – ރެލިގޭޝަން ޒޯނުގައި އޮތް ކްރޮޓޯނޭއާ 1-1 އިން ޔުވެންޓަސް އެއްވަރުވެ އަދި ނަޕޯލީން ރޭ އުދިނޭޒީ އަތުން 4-2 އިން މޮޅުވުމާ އެކު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.
ރޭގެ ނަތީޖާތަކާ އެކު އެއް ވަނައިގައި 85 ޕޮއިންޓާ އެކު އޮތް ޔުވެންޓަސް އާއި ދެ ވަނައިގައި 81 ޕޮއިންޓާ އެކު އޮތް ނަޕޯލީއާ ދެމެދު އޮތީ އެންމެ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. މާނައަކީ އަންނަ އާދީއްތަ ދުވަހުގެރޭ މި ދެ ޓީމު ބައްދަލުކުރާ މެޗުގެ ފޯރި އިންތިހާ އަށް ގަދަވުމެވެ. ބާކީ ފަސް މެޗު އޮތްއިރު ޔުވެންޓަސްގެ ދަނޑުގައި ކުޅޭ އެ މެޗުން މޮޅުވެގެން ޔުވެންޓަސް އަށް ހަތް ޕޮއިންޓުގެ ލީޑެއް ލިބި ޗެމްޕިއަންކަން ވަރަށް ބޮޑަށް ޔަގީންކުރެވިދާނެ އެވެ. އަނެއްކޮޅުން ނަޕޯލީ މޮޅުވެއްޖެ ނަމަ ދެ ޓީމުގެ ފަރަގު އެއް ޕޮއިންޓަށް ކުޑަވެ އެ ޓީމަށް ފުރުސަތު ހުޅުވިގެންދާނެ އެވެ.
ކްރޮޓޯނޭގެ ދަނޑުގައި ރޭ ޔުވެންޓަސް ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި އެލެކްސް ސަންޑްރޯ އެ ޓީމަށް ކުރި ހޯދައިދިނެވެ. އެކަމަކު ލީގުގެ ފުލުން ތިން ވަނައިގައި އޮތް ކްރޮޓޯނޭގެ ސިމެއޮން ޓޮޗުކްވޫ 65 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރި އެވެ. މިއީ މީގެ ދެ ހަފުތާ ކުރިން ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކޮޅަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޮތަށް އޯވާހެޑް ކިކަކުން ސިމެއޮން ޖެހި ގޯލެކެވެ. އެކަމަކު ރޭ ޔުވެންޓަސްގެ ގޯލް ބެލެހެއްޓީ ކެޕްޓަން ޖިއަންލުއިޖީ ބުފޮންގެ ބަދަލުގައި ވޮސިއެޗް ޝެޒްނީ އެވެ.
ނަޕޯލީގެ މިލިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
ނަޕޯލީ އާއި އުދިނޭޒީ ރޭ ކުޅުނު މެޗުގައި ލީޑު ނެގީ އުދިނޭޒީންނެވެ. މި ގޯލް 41 ވަނަ މިނެޓުގައި ޖެހީ ޔަކޫބް ޔަންކްޓޯ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނަޕޯލީ އަށް އެއްވަރުކޮށްދިނީ ލޮރެންޒޯ އިންސީނޭ އެވެ. ދެ ވަނަ ހާފުގައި، 55 ވަނަ މިނެޓުގައި އުދިނޭޒީގެ އިންގެލްސަން އަލުން ލީޑު ނެގި ނަމަވެސް ނަޕޯލީން އިތުރު ތިން ގޯލް ޖަހައި މެޗު ކާމިޔާބުކުރި އެވެ. ލަނޑުތައް ޖަހައިދިނީ ރައުލް އަލްބިއޮލް އާއި އަރެކް މިލިކް އަދި ލޮރެންޒޯ ޓޮނެއްލީ އެވެ.
އަނެއްކޮޅުން ރޭ އޭއެސް ރޯމާ ވަނީ ޖެނޯއާ އަތުން 2-1 އިން މޮޅުވެ 64 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނަ އަށް އަރައިފަ އެވެ. އަދި ލާޒިއޯ ވަނީ ފިއޮރެންޓީނާ އަތުން 4-3 އިން މޮޅުވެ 64 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. ކުރިން ތިން ވަނައިގައި، 63 ޕޮއިންޓާ އެކު އޮތް އިންޓަ މިލާން ފަސް ވަނަ އަށް ވެއްޓިފައިވާއިރު 54 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތީ ރޭ ޓޮރިނޯއާ 1-1 އިން އެއްވަރުވި އޭސީ މިލާނެވެ.
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ނަޕޯލީން ޔުވެންޓަސް ބަލިކޮށްފި
ކޫލިބަލީގެ ބައިގޯލުން ނަޕޯލީގެ މަސައްކަތް ފެނަށް!
ޔުވެންޓަސް އާއި ނަޕޯލީ އަށް އުނދަގޫ ފެށުމެއް
ނަޕޯލީން ފުރުސަތު ނަގާލައިފި
ބާކީ ހަތަރު މެޗު، ނަޕޯލީން ޔުވެންޓަސްއާ އެއް ޕޮއިންޓް ގާތަށް