30 އެޕްރީލް 2018
ފްލޮރެންސް (އޭޕްރިލް 30) – އެކަކު މަދުކޮށް ކުޅެ ފިއޮރެންޓީނާ އަތުން ރޭ 3-0 އިން ނަޕޯލީ ބަލިވުމާ އެކު 28 އަހަރަށް ފަހު ލީގު ކާމިޔާބުކުރަން އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް ފިޔަވަޅެއް އަޅައިފި އެވެ.
ފްލޮރެންސް (އޭޕްރިލް 30) – އެކަކު މަދުކޮށް ކުޅެ ފިއޮރެންޓީނާ އަތުން ރޭ 3-0 އިން ނަޕޯލީ ބަލިވުމާ އެކު 28 އަހަރަށް ފަހު ލީގު ކާމިޔާބުކުރަން އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި ފަހަތަށް ފިޔަވަޅެއް އަޅައިފި އެވެ.
ނަޕޯލީ ބަލިވުމާ އެކު ޔުވެންޓަސް އަށް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދެމެހެއްޓިފަ އެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ޔުވެންޓަސް އެއް ވަނައިގައި އޮތީ 88 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެ ވަނައިގައި އޮތީ 84 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް ވަނީ އެންމެ ފަހުން ކުޅުނު މެޗުން އިންޓަ މިލާން އަތުން ފަހަތުން އަރައި ފަހު ވަގުތު 3-2 އިން މޮޅުވެފަ އެވެ.
ރޭގެ މެޗުގައި ނަޕޯލީގެ ބަލިފަޔަކަށްވީ، މިދިޔަ ހަފުތާގައި ޔުވެންޓަސް އަތުން ފަހު ވަގުތު 1-0 އިން ނަޕޯލީ މޮޅުވި މެޗުގައި ލަނޑު ޖެހި ޑިފެންޑަރު ކަލިދޫ ކޫލިބަލީ އެވެ. އެގޮތުން ހަ ވަނަ މިނެޓުގައި، ފަހު ކުޅުންތެރިޔާގެ ގޮތުގައި ހުރެ އޭނާ ކުރި ފައުލަކަށް ސީދާ ރަތެއް ދައްކައި ދަނޑުން ވަނީ ފޮނުވާލައިފަ އެވެ.
ރޭގެ މެޗުގައި ފިއޮރެންޓީނާގެ ތިން ލަނޑު ވެސް ޖެހީ އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޮނީގެ ދަރިފުޅު ޖިއޮވާނީ ސިމިއޯނީ އެވެ. ފުރަތަމަ ގޯލް 34 ވަނަ މިނެޓުގައި ޖެހިއިރު އޭނާ ލީޑު ފުޅާކުރީ 62 ވަނަ މިނެޓުގަ އެވެ. އަދި ހެޓްރިކް ފުރިހަމަކުރީ 90 ވަނަ މިނެޓުގަ އެވެ.
މީގެ 16 އަހަރު ކުރިން 2002 ވަނަ އަހަރު ޔުވެންޓަސް އަށް ލީގު ކަށަވަރުވީ، ޖިއޮވާނީގެ ބައްޕަ ސިމިއޯނީ ޖެހި ލަނޑާ އެކު އިންޓަ މިލާން އަތުން 4-2 އިން ލާޒިއޯ މޮޅުވުމުންނެވެ. މި ފަހަރު ޔުވެންޓަސް ލީގު ކާމިޔާބުކުރުމާ ގާތަށް ގެންގޮސްމިދިނީ އޭނާގެ ދަރިފުޅެވެ.
ޔުވެންޓަސް އަށް ދެން އޮތް ތިން މެޗުގެ ތެރެއިން ކުރިއަށް އޮތް ވެރޯނާ އާއި ބޮލޯނިއާ މެޗުން މޮޅުވެއްޖެ ނަމަ ލީގު ކަށަވަރުވާނެ އެވެ. އޭރުން ރަށުން ބޭރުގައި ރޯމާއާ ދެކޮޅަށް ކުޅޭ ފަހު މެޗުގެ ބޭނުމެއް އެ ޓީމަށް ނޯންނާނެ އެވެ.
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ފަހު ވަގުތުގެ ގޯލުން ނަޕޯލީ ލީގާ ފިޔަވަޅަކާ ގާތަށް
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އެކަކު މަދުކޮށް ކުޅެ ޔުވެންޓަސް އަށް ޕޮއިންޓެއް
ނަޕޯލީން ޔުވެންޓަސް ބަލިކޮށްފި
ކޫލިބަލީގެ ބައިގޯލުން ނަޕޯލީގެ މަސައްކަތް ފެނަށް!
ޔުވެންޓަސް އާއި ނަޕޯލީ އަށް އުނދަގޫ ފެށުމެއް
ބާކީ ހަތަރު މެޗު، ނަޕޯލީން ޔުވެންޓަސްއާ އެއް ޕޮއިންޓް ގާތަށް
ޔުވެންޓަސް އެއްވަރުވެ ލީގު ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ