14 އެޕްރީލް 2018
މޮސްކޯ (އެޕްރީލް 14) - ސީރިއާގައި ދިން ކެމިކަލް ހަމަލާ އަކީ ބޭރުގެ އެޖެންޓުންތަކެއްގެ ރޭވުމެއް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
މޮސްކޯ (އެޕްރީލް 14) - ސީރިއާގައި ދިން ކެމިކަލް ހަމަލާ އަކީ ބޭރުގެ އެޖެންޓުންތަކެއްގެ ރޭވުމެއް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އިން މިހެން ބުނި އިރު ވަނީ ކެމިކަލް ހަމަލާ އަށް ރައްދު ދޭން ސީރިއާ އަށް މިއަދު ހެނދުނު ވައިގެ ހަމަލާ ދޭން ފަށައިފަ އެވެ. އެމެރިކާ އިސްވެ އޮވެ ދޭ ހަމަލާތަކުގައި އިނގިރޭސި ވިލާތާއި ފްރާންސުން ވެސް ބައިވެރިވެ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ސީރިއާގައި ދިން ކެމިކަލް ހަމަލާގެ ފަހަތުގައިވާ ގައުމަކީ އިނގިރޭސި ވިލާތް ކަމަށެވެ. އެކަމަކު އެމެރިކާ އާއި ފްރާންސުން ބުނެފައި ވަނީ ކެމިކަލް ހަމަލާ ދިނީ ސީރިއާކަން ސާބިތުކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށެވެ.
ސީރިއާ ސަރުކާރަށް އެއްބާރުލުން ދިނުމަށް ސިފައިން ފޮނުވާފައިވާ ރަޝިޔާ އިން ވަނީ ސީރިއާ އަށް އެއްވެސް ހަމަލާއެއް ދީފި ނަމަ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދީފަ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަވްރޯފް ވިދާޅުވީ ކެމިކަލް ހަމަލާގެ ފަހަތުގައި ވަނީ އެއް ގައުމު ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ޖެނެރަލް އިފޯ ކޮނަޝެންކޯ ވިދާޅުވީ އެކަން ރޭވުމުގެ ފަހަތުގައި ވަނީ އިނގިރޭސި ވިލާތްކަން ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާގައި ކެމިކަލް ހަމަލާ ދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ދޫމާގައި ކެމިކަލް ހަމަލާގެ އަސަރު ކުރި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު ކްލޯރިން އާއި ނާވް އެޖެންޓަކަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ރަޝިޔާގެ ކުރީގެ ޖާސޫސް އަކަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ މައްސަލައިގެ ހިތްހަމަނުޖެހުމުގެ ތެރޭގައި ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސި ވިލާތުން ފޮނުވާލި އިރު ރަޝިޔާ އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ 23 ޑިޕްލޮމެޓުން ފޮނުވާލައިފަ އެވެ.
ސީރިއާގައި ކެމިކަލް ހަމަލާއެއް ދިންކަމުގެ ހެއްކެއް ނެތް: ރަޝިޔާ
ރަޝިޔާ ދަނީ ކެމިކަލް ހަމަލާ ފޮރުވަން މަސައްކަތް ކުރަމުން
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ތުރުކީ، ސީރިޔާ ސުލްހަކުރުމުގެ ބައްދަލުވުމެއް ރަޝިޔާގައި
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
ތުރުކީގެ ވައިގެ ސަރަހައްދު ރަޝިޔާ އަށް ބަންދު
އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި
ސައިބީރިއާގެ "މޯލްޑިވްސް" ތަޣައްޔަރުވެއްޖެ