11 ޑިސެމްބަރ 2024
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓުތަކާއި ބަންދުކޮށްފައި ތިބި މީހުންގެ ލިސްޓުތައް ދިނުމަށް ކުރީގެ ރައީސް ބައްޝާރުލް އަސަދަށް ޕްރެޝަރު ކުރުމަށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ސީރިއާގެ "ވައިޓް ހެލްމެޓް" ގްރޫޕުން ރަޝިއާއަށް ގޮވާލައިފި އެވެ.
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓުތަކާއި ބަންދުކޮށްފައި ތިބި މީހުންގެ ލިސްޓުތައް ދިނުމަށް ކުރީގެ ރައީސް ބައްޝާރުލް އަސަދަށް ޕްރެޝަރު ކުރުމަށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ސީރިއާގެ "ވައިޓް ހެލްމެޓް" ގްރޫޕުން ރަޝިއާއަށް ގޮވާލައިފި އެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ޖަމާއަތުން ބުނީ ބަންދުގައި ތިބި މީހުން ހޯދައި ސަލާމަތްކުރުމަށް "ވަގުތާ ދެކޮޅަށް ހަނގުރާމަ ކުރަމުން" ދާއިރު އެކަން އަވަސްވާން އޮތީ ޖަލުތައް ހުރި ތަންތަނާއި އެ ތަންތަނުގެ ނަމާއި ޗާޓުތައް އަވަހަށް ލިބިގެން ކަމަށެވެ. އެހެންވެ ބައިނަލްއަގުވާމީ މެދުވެރިއަކާ ވާހަކަ ދައްކައިގެން އެ މައުލޫމާތު ހޯދައިދޭން އެދި އދ. މެދުވެރިކޮށް ރަޝިޔާގެ ކިބައިން އެދިފައިވާ ކަމަށެވެ.
ހަނގުރާމަވެރިން މިދިޔަ މަހު ކުއްލިއަކަށް ހޯދަންފެށި ކުރިއެރުމަށް ފަހު ބައްޝާރު ގައުމު ދޫކޮށް ވަޑައިގަތުމާ އެކު ސަރުކާރުގެ ނުރައްކާތެރި ޖަލު ނިޒާމުން އެތައް ހާސް ބަޔަކު މިނިވަން ކުރުމަށް ބުރަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ހަމަނުޖެހުންތައް ފެށުނީއްސުރެ ބައްޝާރުގެ ސަރުކާރަށް ކުރި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި ތުހުމަތުތަކުގެ ތެރޭގައި އަނިޔާކުރުމާއި ރޭޕް ކުރުމާއި މަރުގެ އަދަބު ދިނުން ހިމެނެ އެވެ.
އަނިޔާވެރިކަން ބޮޑު ސައީދުނާޔާ ޖަލު. -- ފޮޓޯ: އޭއެފްޕީ
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން 2022 ވަނަ އަހަރު ނެރުނު އަންދާޒާގައި ވާގޮތުން 2011 ވަނަ އަހަރުގެ މުޒާހަރާތަކަށް ފަހު ސީރިއާގެ ޖަލުތަކުގައި ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ލާއިންސާނީ އަނިޔާގެ ސަބަބުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމާ އެކު އެތައް ހާސް ބަޔަކު ވަނީ، އެންމެ ނުރައްކާތެރި އަދި އަނިޔާވެރިކަން ބޮޑު ކަމަށް ބުނާ ސައީދުނާޔާ ޖަލަށް ޖަމާވެފަ އެވެ. އެއީ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި 30،000 މީހުން ބަންދުކޮށްފައި ތިބި ތަނެކެވެ.
މި ޖަލުން އެންމެން މިނިވަންކޮށް ނިންމާލިކަން "ވައިޓް ހެލްމެޓް" ގްރޫޕުން އިއުލާނުކުރުމުގެ ކުރިން ބުނެފައިވަނީ ބިމު އަޑީގައި ބިންގަރާސް ހަދައިގެން އެ ތަންތަނުގައި ވެސް މީހުން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ އެ ތަންތަން ހޯދުމުގެ މަސައްކަތް ވެސް ކުރަންޖެހޭ ކަމަށެވެ. އެތަނުގައި އެތައް ބުރިއަކަށް ހަދާފައިވާ ބިންގަރާސް ޖަލުތައް ހުރި ކަމަށް ބުނެ އެވެ.
މިނިވަން ނުކޮށް ތިބި ގިނަ މީހުންނަކީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ކަމަށް ބެލެވޭއިރު ބޮޑެތި ރިޝްވަތު ދީގެން ނޫނީ މަރުގެ ސެޓްފިކެޓެއް ވެސް އާއިލާތަކަށް ނުލިބެ އެވެ.
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ބައްޝާރު ވެރިކަމުން ދުރު ކުރަން ރަޝިޔާ ބޭނުމެއް ނޫން
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
ބައްޝާރު ހުންނެވީ ރަޝިޔާގައި