25 ޑިސެމްބަރ 2017
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށް ވިލާތުގެ ގައުމުތަކާއި ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޭނުންވިޔަސް، ރަޝިޔާ އެކަމަށް ތާއީދު ނުކުރާ ކަމަށް ރަޝިޔާ ސަރުކާރުން ބުނެފި އެވެ.
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށް ވިލާތުގެ ގައުމުތަކާއި ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޭނުންވިޔަސް، ރަޝިޔާ އެކަމަށް ތާއީދު ނުކުރާ ކަމަށް ރަޝިޔާ ސަރުކާރުން ބުނެފި އެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން ސީރިޔާގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސީރިޔާ ސަރުކާރުގެ މަންދޫބުންނާ އެކު އަންނަ ޖެނުއަރީގައި ރަޝިޔާގައި ސުލްހައިގެ ވާހަކަތަކެއް ބާއްވަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ކަޅު ކަނޑުގެ އައްސޭރި ރަށެއް ކަމަށްވާ ސޯޗީގައި ބާއްވާ މި ވާހަކަތަކުގައި ދެ ފަރާތުން ބައިވެރިވާނެ ވަފްދު މިހާރު އަންނަނީ ކަނޑައަޅަމުންނެވެ.
ސުލްހައިގެ މި ވާހަކަތައް ރަޝިޔާގައި ބާއްވައިދިނަސް، މި ވާހަކަތަކުގައި ސީރިޔާގެ އިދިކޮޅު ފަރާތްތައް ބައިވެރިވާ ކަމަށްވާ ނަމަ، އެ ވާހަކަތަކުގެ އެޖެންޑާ އިން، ބައްޝާރު މަގާމުން ދުރު ކުރުމުގެ ވާހަކަ އުނިކުރަންޖެހޭނެ ކަން ރަޝިޔާ ސަރުކާރުން މިހާރު ވަނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް އަންގައިފަ އެވެ. ރަޝިޔާގެ ޚާރިޖިއްޔާ އިން ބުނީ، އެ ގައުމަކީ ބައްޝާރު ވެރިކަމުން ދުރުކުރުމުގެ ބަހުސްކުރާ މައިދާނަކަށް ވިޔަ ނުދޭނެ ކަމަށެވެ.
ސީރިޔާގެ ސުލްހަޔާ ބެހޭ އދ.ގެ މަންދޫބު ސްޓެފަނީ ޑި މިސްތޫރާގެ ދައުވަތަކަށް ބާއްވާ މި ވާހަކަތަކުގައި އެމެރިކާ ވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެމެރިކާ އަށް ބައިވެރިވެވޭނީ ހަމައެކަނި އޮބްޒާވަރެއްގެ ގޮތުގައި ކަމަށް ރަޝިޔާ އިން މިހާރު ވަނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް އަންގައިފަ އެވެ.
ރަޝިޔާގެ މި ނިންމުންތަކާ ބެހޭ ގޮތުން ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރަޝިޔާ މަސައްކަތް ކުރަނީ މުޅި ބައިނަލްއަގުވާމީ މުޖްތަމައުގެ ވެސް ވިންދާ ދެކޮޅަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުޖްތަމައާއި ސީރިޔާ ރައްޔިތުންނަށް ވެސް ރަޝިޔާ އިން ގޮންޖެހުން ކަމަށް އެމީހުން ދެކެ އެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުން ދުރު ކުރުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އަރަބި ގައުމުތަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސީރިޔާގެ ހަނގުރާމައިގައި ބައްޝާރުގެ ސަރުކާރުގެ ދިފާއުގައި ބައިވެރިވަމުން އަންނަނީ ރަޝިޔާ އާއި އީރާނެވެ.
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
ބައްޝާރު ހުންނެވީ ރަޝިޔާގައި