12 ޑިސެމްބަރ 2024
ސީރިއާގެ ވެރިކަމުން ދުރުކުރި ބައްޝާރުގެ ބައްޕާފުޅު، ކުރީގެ ރައީސް ހާފިޒުލް އަސަދުގެ ޒިޔާރަތުގައި ހުޅުޖަހައިފި އެވެ.
ސީރިއާގެ ވެރިކަމުން ދުރުކުރި ބައްޝާރުގެ ބައްޕާފުޅު، ކުރީގެ ރައީސް ހާފިޒުލް އަސަދުގެ ޒިޔާރަތުގައި ހުޅުޖަހައިފި އެވެ.
އޭއެފްޕީން ހޯދާފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހާފިޒްގެ އުފަން ގަރްދާރާގައި ހުންނަ މި ޒިޔާރަތުގައި ހުޅުޖެހި އިރު އެތަނުގައި ތިބީ އަސްކަރީ ހެދުމުގައި ތިބި ހަނގުރާމަވެރިންގެ ބައެކެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އޭއެފްޕީއަށް ކިޔައިދިން ގޮތުގައި ހަނގުރާމަވެރިން އަލިފާން ރޯކޮށްލާފައިވަނީ އަސަދުގެ އަލަވީ ކޮމިއުނިޓީގެ ބާރުގަދަ ލަޓާކިއާ ހުންނަ ޒިޔާރަތުގަ އެވެ.
ސީރިއާގެ ވެރިކަން ދުރުކުރި ބައްޝާރުލް އަސަދުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް ހާފިޒުލް އަސަދުގެ ޒިޔާރަތަށް ހަނގުރާމަވެރިން ވަދެ ހުޅުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
އޭއެފްޕީގެ ފުޓޭޖްތަކުން ފެންނަ ގޮތުގައި ޒިޔާރަތުގެ ބައެއް ތަންތަނުގެ އަލިފާން ރޯވެ ހަލާކުވެފައިވާއިރު، ހާފިޒުގެ މަހާނަގައި ވެސް ވަކިން ހުޅުޖަހާފައިވެ އެވެ.
ފަރުބަދައެއްގެ މަތީގައި ހަދާފައިވާ މި ބޮޑު އުސް ބިނާއަކީ ވަރަށް ތަފާތު އާކިޓެކްޗަރަލް ޑިޒައިނަކާ އެކު، އޭގެ ބޭރުގައި ހިލައިން ޒީނަތްތެރިކޮށްފައިވާ ތަނެކެވެ.
ސީރިއާގެ ވެރިކަން ދުރުކުރި ބައްޝާރުލް އަސަދުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް ހާފިޒުލް އަސަދުގެ ޒިޔާރަތަށް ހަނގުރާމަވެރިން ވަދެ ސަންދޯކުގައި ހުޅުޖަހާފައި
ހާފިޒްގެ އިތުރުން، ސީރިއާގެ ވެރިކަން ހަވާލުކުރުމަށް ތައްޔާރުކުރަމުން ގެންދަނިކޮށް 1994 ވަނަ އަހަރު މަގުމަތީގެ އެކްސިޑެންޓެއްގައި އަވަހާރަވި، ބައްޝާރުގެ ކޮއްކޮ ބާސިލް އާއި އާއިލާގެ އެހެން ބައެއް މެމްބަރުންގެ މަހާނަތައް ވެސް އެތަނުގައި ހުރެ އެވެ.
މީގެ 24 އަހަރު ކުރިން ބައްޝާރު ވެރިކަމަށް ވަޑައިގަތީ 2000 ވަނަ އަހަރު ބައްޕާފުޅު ހާފިޒުލް އަސަދު އަވަހާރަވުމުންނެވެ. ހާފިޒު ވަނީ 1971 އިން ފެށިގެން 2000 ވަނަ އަހަރާ ހަމަޔަށް ވެރިކަން ކުރައްވައިފަ އެވެ. ހާފިޒް އަވަހާރަވި އިރު ސީރިއާގެ ގާނޫނުތަކުގައި އޮންނަ ގޮތުން ރައީސްކަން ކުރާ މީހެއްގެ އުމުރުން 40 ފުރިފައި ހުރުން ލާޒިމެވެ. އެކަމަކު އޭރު ބައްޝާރުގެ އުމުރު ހަމަނުވާތީ، އެ އުމުރު 34 އަހަރަށް ދަށްކުރި އެވެ. އަދި އިންތިހާބުގައި ވާދަކުރެއްވީ ވެސް ބައްޝާރު އެކަންޏެވެ.
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
ބައްޝާރު ހުންނެވީ ރަޝިޔާގައި
އަސަދު އާއިލާގެ ބައި ގަރުނުވީ ވެރިކަން ނިމުމަކަށް