09 ޑިސެމްބަރ 2024
ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން މުޅި ގައުމު ހިފުމާ އެކު ވެރިކަން ދޫކޮށް ވަޑައިގެންނެވި ބައްޝާރުލް އަސަދު ހުންނެވީ ރަޝިޔާގައި ކަމަށް އެ ގައުމުން ބުނެފި އެވެ.
ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން މުޅި ގައުމު ހިފުމާ އެކު ވެރިކަން ދޫކޮށް ވަޑައިގެންނެވި ބައްޝާރުލް އަސަދު ހުންނެވީ ރަޝިޔާގައި ކަމަށް އެ ގައުމުން ބުނެފި އެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ބުނީ ބައްޝާރާއި އޭނާގެ އާއިލާއަށް ރަޝިޔާއިން ހިމާޔަތް ދީފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.
ބައްޝާރަށް މަދަދު ދޭ ރަޝިޔާއިން ވަނީ ބައްޝާރު ގައުމު ދޫކޮށް ވަޑައިގަތް ކަމަށް ބުނެ އިއްޔެ ވެސް ބަޔާނެއް ނެރެފަ އެވެ. އެކަމަކު ވަޑައިގަތް ތަނަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ކުރިން ނުބުނެ އެވެ. އެހެންވެ ބައްޝާރަށް ވީ ގޮތަކާ މެދު ސުވާލު ގިނަވި އެވެ.
އެންމެ ފަހުން ބައްޝާރު ފެނިފައިވަނީ ދިމިޝްގުގައި އީރާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނިކޮށް މީގެ ހަފްތާއެއް ކުރިންނެވެ. އެ ދުވަހު ބައްޝާރު ވަނީ ސީރިއާގެ ސިޓީތައް ހިފަމުން ބާރަށް ކުރިއަރަމުން ދިޔަ ހަނގުރާމަވެރިން "ފިސްކޮށްލާނެ" ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ހަޔާތު ތަހްރީރުލް ޝާމް (އެޗްޓީއެސް) އާއި އެ ޖަމާއަތާ ގުޅިފައިވާ އެހެން ޖަމާއަތްތަކުގެ ހަނގުރާމަވެރިން އިއްޔެ ފަތިހު ދިމިޝްގަށް ވަންނަން ފެށި ކަމުގެ ހަބަރާ އެކު ދެން އިވުނީ ބައްޝާރު ގައުމު ދޫކޮށް ވަޑައިގެން ވާހަކަ އެވެ.
އިނގިރޭސިވިލާތުގެ މޮނިޓަރިން ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) ގެ ވެރިޔާ ރާމީ އަބްދުއްރަހްމާން ބުނި ގޮތުގައި ބައްޝާރު ވަޑައިގަތް ކަމަށް ބެލެވޭ މަތިންދާބޯޓެއް ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔަ އެވެ. އޭގެ ފަހުން ސިފައިން ވަނީ އެއާޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވެސް ދޫކޮށްލައިފަ އެވެ. އޭނާ ބުނީ އެއީ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި ފުރަން ހަމަޖެއްސި ބޯޓެއް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކަމަކު އެ ވަގުތު ދިމިޝް އެއާޕޯޓުން ބޯޓެއް ފުރި ކަމަކަށް ފްލައިޓް ރާޑާގެ ޑޭޓާއަކުން ނުދައްކަ އެވެ. އެކަމަކު ދަންވަރު 12:56 ގައި ޗަމް ވިންގްސް އެއާލައިންގެ އެއާބަސް އޭ320 އެއް ދިމިޝްގުން ފުރައިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ދިޔަ އެވެ. އެ ބޯޓު ޖެއްސީ ޔޫއޭއީގެ ޝާރްޖާގަ އެވެ.
ނަމަވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރަކު ބަހްރެއިންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ބައްޝާރު ޔޫއޭއީގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ސީރިއާގެ އަސްކަރިއްޔާގެ އިސް ދެ އޮފިސަރަކާ ހަވާލާދީ ބުނެފައި ވަނީ ބައްޝާރު އަރާވަޑައިގަތީ ދިމިޝްގު އެއާޕޯޓުން ސީރިއަން އެއާގެ މަތިންދާބޯޓަކަށް ކަމަށެވެ. އަދި ސީރިއަން އެއާ އިލިއުޝިން އައިއެލް-76ޓީ ކާގޯ މަތިންދާބޯޓެއް، މެންދަމުން އަލިވެ 3:59 ގައި ފުރައިގެން، ވަކި މަންޒިލެއް ނޭނގޭ ގޮތަށް ދަތުރުކުރިކަން ފާހަގަކޮށްފައިވެ އެވެ.
ފްލައިޓްރާޑާ24 ގެ ތަފާސް ޑޭޓާއިން ދައްކާ ގޮތުން މަތިންދާބޯޓު އެންމެ ފުރަތަމަ ދަތުރުކުރީ ވެރިރަށާ ދުރަށް އިރުމައްޗަށެވެ. އެއީ ބައްޝާރުގެ އަލަވީ މަޒުހަބުގެ ބާރުގަދަ މެޑިޓެރޭނިއަން އައްސޭރިފަށާ ދިމާލަށެވެ. އެއީ ރަޝިޔާގެ ކަނޑުގެ ސިފައިންނާއި ވައިގެ މަރުކަޒުތައް ހަދައި ރަޝިޔާގެ ބާރު ގަދަކޮށް އޮންނަ ހިސާބެކެވެ.
ހޮނިހިރު ދުވަހުގެ ރޭ ހަނގުރާމަވެރިންގެ އަތްދަށަށް ދިޔަ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ހިމްސްގެ 20،000 ފޫޓް (6،095 މީޓަރު) އުސްމިނުގައި އުދުހުމަށް ފަހު، މަތިންދާބޯޓު އައި ކޮޅަށް އަނބުރާލައި، އަނެއްކާވެސް އިރުމައްޗަށް ދަތުރުކުރަން ފެށި އެވެ. ހިމްސްގެ ހުޅަނގުން ގާތްގަނޑަކަށް 13 ކިލޯމީޓަރު (8 މޭލު) ދުރުގައި އޮވެ، 1،625 ފޫޓް (495 މީޓަރު) އުސްމިނުގައި އުދުހެމުން ގޮސް މަތިންދާބޯޓުގެ ޓްރާންސްޕޮންޑާ ސިގްނަލް ގެއްލުނީ މެންދަމުން އަލިވެ 4:39 ހާއިރު އެވެ.
ފްލައިޓްރާޑާ24 އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ މަތިންދާބޯޓަކީ ކުރީގެ އެއްޗެއް ކަމަށާއި އެހެންވެ ބައެއް ޑޭޓާތައް ގޯސްވެދާނެ ކަމަށެވެ. ނުވަތަ ސިގްނަލް ގެއްލުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި އެއީ ޖީޕީއެސް ޖޭމްކުރާ ސަރަހައްދެއްގައި އުދުހެމުން ދިޔަ މަތިންދާބޯޓެއް ކަމަށާއި އެހެންވެ ބައެއް ޑޭޓާ ގޯސްވެދާނެ ކަމަށާއި ސިގްނަލް ގެއްލުނު ސަރަހައްދުގެ އެއްވެސް އެއާޕޯޓަކަށް ސިގްނަލް ގެއްލުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ސީރިއާގެ ބަފަ ޒޯނުން އިޒްރޭލު ސިފައިން ނުފައިބާނެ
ސީރިއާގައި ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ
ބައްޝާރު ނެތަސް އީރާން ބަލިކައްޓެއް ނުވާނެ: ޚާމަނާއީ
ބައްޝާރުގެ ބައްޕާފުޅުގެ ޒިޔާރަތުގައި ހުޅުޖަހައިފި
ސީރިއާގެ ސިއްރު ޖަލުތަކުގެ ޗާޓު ދޭން އެދެފި
ސީރިއާ އަށް އިޒްރޭލުން 100 އަށް ވުރެ ގިނަ ހަމަލާ
ވެރިކަން ބަދަލުކުރަން އެންގެވީ ބައްޝާރު: ރަޝިޔާ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
އަސަދު އާއިލާގެ ބައި ގަރުނުވީ ވެރިކަން ނިމުމަކަށް