29 ނޮވެމްބަރ 2022
ސީރިޔާ އާއި އިރާގު އަދި ތުރުކީ ގުޅޭ އިމުގެ ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް، ތުރުކީ ވިލާތުން މިހާރު ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ތުރުކީން ޝަރުތުތަކެއް އިއްޔެ ކަނޑައަޅައިފި އެވެ.
ސީރިޔާ އާއި އިރާގު އަދި ތުރުކީ ގުޅޭ އިމުގެ ސަރަހައްދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް، ތުރުކީ ވިލާތުން މިހާރު ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ތުރުކީން ޝަރުތުތަކެއް އިއްޔެ ކަނޑައަޅައިފި އެވެ.
ސީރިޔާގެ އިރުމަތީ ސަރަހައްދުގައި ތުރުކީ ސިފައިން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ތުރުކީ ސަރުކާރުން ކަނޑައެޅި ފުރަތަމަ ޝަރުތަކީ، އެ ސަރަހައްދުގެ އަމްނު ބެލެހެއްޓުމަށް ހަރަކާތްތެރިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސްގެ ހަނގުރާމަވެރިން އެ ސަރަހައްދުން ފޭބުމެވެ. މި ލަޝްކަރަކީ ކުރުދީ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިފައިވާ ލަޝްކަރެކެވެ.
ތުރުކީން ބޭނުންވަނީ ތުރުކީ ވިލާތުގެ އިމާ ކައިރީގައި އޮންނަ އެ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ފަހަތަށް ޖައްސައި، އޭގެ ބަދަލުގައި ސީރިޔާ ސަރުކާރުގެ ސަލާމަތީ ބާރުތައް އެ ސަރަހައްދުގެ އަމްނު ބެލެހެއްޓުމާ ހަވާލުވުމަށެވެ. އޭގެ ތެރޭގައި ސީރިޔާގެ ބޯޑަރު ބަލަހައްޓާ ސިފައިންނާއި އަސްކަރީ ފުލުހުން ހިމެނެ އެވެ.
އަސްކަރީ ހަރަކާތްތައް ނިމުމަކަށް ގެނައުމަށް ތުރުކީ ވިލާތުން މި ކަނޑައެޅި ޝަރުތުތައް ތަންފީޒު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ރަޝިޔާ އިން މިހާރު ވަނީ ފަށައިފަ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން ސީރިޔާ ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮންނަނީ ރަޝިޔާ އެވެ.
ތުރުކީ ވިލާތުން ބުނި ގޮތުގައި އެ ގައުމުން ކަނޑައެޅި ޝަރުތުތައް ތަންފީޒު ކުރުމަށް ސީރިޔާ ސަރުކާރަށް މިހާރުވާނީ މުހުލަތެއް ދީފަ އެވެ. އެ މުހުލަތުގެ ތެރޭގައި އެކަންކަން ފުރިހަމަނުކޮށްފި ނަމަ، އެ ސަރަހައްދުގައި ތުރުކީ ސިފައިންގެ އަސްކަރީ ހަރަކާތްތައް އަލުން ފަށާނެ ކަމަށް ތުރުކީ ސަރުކާރުން ބުނެ އެވެ.
ކެބިނެޓްގެ މެމްބަރުންނާ އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އެއްވެސް ގައުމެއްގެ ހުއްދައެއް ތުރުކީ އަށް ބޭނުން ނުވާ ކަމަށެވެ. އަދި ތުރުކީ ވިލާތުގެ ގައުމީ ސަލާމަތްތެރިކަން ހިމާޔަތްކުރުމަށް ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި، އެ ފިޔަވަޅެއް އެޅުމަށްޓަކައި އެއްވެސް ފަރާތެއްގެ އިޒްނައެއް ތުރުކީ ވިލާތުން ނުހޯދާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތުރުކީ ވިލާތުގެ ދެކުނު ސަރަހައްދުގެ ދިފާއީ ރޮނގު ވަރުގަދަ ކުރުމަށް ހިނގާ އަސްކަރީ ހަރަކާތްތަކާ މެދު އެއްވެސް ބަޔަކު ކަންބޮޑުވުމުގެ މާނައެއް ނެތެވެ. އެ ހަރަކާތްތަކަކީ ވަކި ބައެއްގެ ނަސްލީ ތަފާތަކަށް ނުވަތަ ދީނީ ތަފާތަކަށް ބަލައިގެން ހިންގާ ހަރަކާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީ ވިލާތުގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރަމުންދާ ޓެރަރިސްޓް ޖަމާއަތްތަކަށް ބޮޑެތި ބައެއް ގައުމުތަކުން ވާގިވެރިވަމުން ދިޔުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
އަނެއްކޮޅުން ސީރިޔާގެ އުތުރުގައި ދިރިއުޅޭ ކުރުދީ ޖަމާއަތްތަކުން ބުނެފައިވަނީ، ތުރުކީ ވިލާތުގެ އަސްކަރީ ހަރަކާތްތައް ހުއްޓާނުލައި ކުރިއަށް ގެންދާ ނަމަ، ވަރުގަދަ ރައްދެއް ދޭންޖެހިދާނެ ކަމަށެވެ. އަދި ތުރުކީ ވިލާތުގެ ހަމަލާތައް ހުއްޓުވައި ދިނުމަށް އެދި އެމެރިކާ އާއި ރަޝިޔާ އަށް އެ ޖަމާއަތްތަކުން ވަނީ ގޮވާލައިފަ އެވެ.
ތުރުކީ، ސީރިޔާ ސުލްހަކުރުމުގެ ބައްދަލުވުމެއް ރަޝިޔާގައި
ސީރިޔާ އާއި އިރާގުގެ ހަމަލާތައް އަދި އޮތީ ކުރިއަށް
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
ސުލްހައިގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބައިިވެރިވާނެ
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި
އަގްސާ ތޫފާން: ނަތީޖާއެއް ނެތް ކަންބޮޑުވުންތަކެއް
ނޭޓޯ މަހާސިންތާގެ ބައިވެރިން ލިތުއޭނިއާ އަށް
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް