07 ނޮވެމްބަރ 2016
އިރާގާއި ސީރިޔާގައި މިހާރު ހަނގުރާމަ ކުރަމުންދާ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރުމާ ބެހޭ ގޮތުން އެމެރިކާ އާއި ތުރުކީ ވިލާތުގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި އެވެ.
އިރާގާއި ސީރިޔާގައި މިހާރު ހަނގުރާމަ ކުރަމުންދާ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ދެކޮޅަށް ގުޅިގެން ހަނގުރާމަ ކުރުމާ ބެހޭ ގޮތުން އެމެރިކާ އާއި ތުރުކީ ވިލާތުގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި އެވެ.
ތުރުކީގެ އަސްކަރިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދެ ގައުމުގެ ސިފައިންގެ އިސް ޖެނެރަލުންގެ މެދުގައި މި މަޝްވަރާތައް ކުރިއަށް ދިޔައީ ތުރުކީގެ ވެރިރަށް އަންކަރާގަ އެވެ. މި މަޝްވަރާތައް ކުރެވުނީ ސީރިޔާގެ މައި ސަހަރެއް ކަމަށްވާ ރައްޤާ ގައި ތިބި އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށް އެ ރަށުން ފައްސާލުމަށް، އެމެރިކާގެ މަދަދު ލިބޭ ސީރިޔާ ޑިމޮކްރެޓިކް ފޯސަސް އިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވަނިކޮށެވެ.
ތުރުކީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މަޝްވަރާތަކުގައި ބޮޑަށް ވާހަކަ ދެކެވުނީ ސީރިޔާގެ ދެ ސަހަރު ކަމަށްވާ އަލް ބާބް އާއި ރައްޤާ މިނިވަންކުރުމާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން، އެމެރިކާ އިން ތާއީދު ކުރާ ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ވައިޕީޖީގެ ހަރަކާތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. ނަމަވެސް ކުރުދީންގެ އެ ޖަމާއަތަކީ، އިދިކޮޅު ހަނގުރާމަވެރިން ކަމަށް ތުރުކީން ލިސްޓް ކޮށްފައިވާ ޖަމާއަތެކެވެ.
ތުރުކީ ވިލާތުގެ އަސްކަރިއްޔާގެ ވެރިޔާ ހުލުސީ އަކާރް. ފޮޓޯ ރޮއިޓާސް
އިރާގާއި ސީރިޔާގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ކުރުދީ ހަނގުރާމަވެރިން ވެސް ދަނީ ބައިވެރިވަމުންނެވެ. ކުރުދީންނަކީ އިރާގާއި ތުރުކީ ގުޅޭ ސަރަހައްދީ އިމުގައި ވަކި ވެރިކަމެއް ގާއިމު ކުރުމަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ބައެކެވެ.
އަނެއް ކޮޅުން އިރާގާއި ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދާ ހަނގުރާމަވެރިން އެ ދެ ގައުމަށް އެތެރެ ވަނީ ތުރުކީގެ ތެރެއިން ލާފަ އެވެ. އަދި ސީރިޔާގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓައިލުމަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތްތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރު ކޮށްދެނީ އެމެރިކާ އިންނެވެ.
އޭގެ އިތުރުން އިރާގާއި ސީރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަދެ، އަމިއްލަ އިސްލާމީ ޚިލާފަތެއްގެ ގޮތުގައި އިއުލާން ކޮށްފައިވާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވެސް އެމެރިކާ އިން ދަނީ އަސްކަރީ ގޮތުން ފިޔަވަޅު އަޅަމުންނެވެ. އަދި ތުރުކީ ވިލާތުން ވެސް ދަނީ މި ހަނގުރާމައިގައި އެމެރިކާއާ އެކު ބައިވެރިވަމުންނެވެ.
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް
ސީރިޔާ އާއި އިރާގުގެ ހަމަލާތައް އަދި އޮތީ ކުރިއަށް
ތުރުކީ ސިފައިން ސީރިޔާގެ މަންބިޖްގައި ފޯރިމަރަނީ
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ
މޫސަލް ހިފުން އުނދަގޫ ކަމަކަށް ވެފައި