02 އެޕްރީލް 2017
އިރާގާއި ސީރިޔާ އަށް ފޮނުވާ އެމެރިކާ ސިފައިންގެ މައުލޫމާތު އާންމު ކުރުން އެމެރިކާ ސަރުކާރުން ހުއްޓާލައިފި އެވެ.
އިރާގާއި ސީރިޔާ އަށް ފޮނުވާ އެމެރިކާ ސިފައިންގެ މައުލޫމާތު އާންމު ކުރުން އެމެރިކާ ސަރުކާރުން ހުއްޓާލައިފި އެވެ.
ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، އެ މައުލޫމާތު އާންމު ކުރި ކަމުގައި ވިޔަސް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އެކަން ހުއްޓައިލި ސަބަބެއް ނުބުނެ އެވެ. އުތުރު ސީރިޔާ އަށް އަތް ގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ދާދި ފަހުން އެމެރިކާ އިން ވަނީ 400 ސިފައިން ސީރިޔާ އަށް ފޮނުވައިފަ އެވެ.
އޭގެ އިތުރުން އިރާގުގެ މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިރާގު ސިފައިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވެދިނުމަށް އެމެރިކާގެ 300 ސިފައިން ވެސް ދާދި ފަހުން ފޮނުވި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ކުރީގެ ސިޔާސަތު މިހާރު ވަނީ ބަދަލުވެފަ އެވެ. އެ ގޮތަށް ނިންމީ އަސްކަރީ ހަރަކާތްތަކާއި އެ ހަރަކާތްތަކުގައި ބައިވެރިވާ ސިފައިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް އެ ވުޒާރާ އިން ބުންޏެވެ.
އެމެރިކާގެ ސިޔާސަތަށް މި ގެނައި ބަދަލާ ގުޅިގެން، އެމެރިކާ ސިފައިން ގައުމުން ބޭރުގައި ހިންގާ ހަރަކާތްތަކުގެ ބާވަތާއި އެމީހުންގެ ގާބިލުކަމާއި އަދަދާއި، ހަރަކާތްތެރިވާ ސަރަހައްދާ ބެހޭ އެއްވެސް މައުލޫމާތެއް ކުރިމަގުގައި އާންމެއް ނުކުރާނެ އެވެ.
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި، އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާ ސިފައިން އެކި ގޮތްގޮތުން އަންނަނީ އެހީތެރިވެދެމުންނެވެ. ނަމަވެސް މިދިޔަ މަހު ފޮނުވި ސިފައިންނަކީ ސީރިޔާ އަށް ފޮނުވި ފުރަތަމަ އެއްގަމު ލަޝްކަރެވެ. ދިފާއީ ވުޒާރާއާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން ސީރިޔާގެ ރައްގާ ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އެމެރިކާގެ 1000 ސިފައިން ސީރޔާ އަށް ދާނެ އެވެ.
ރައްގާއަކީ ސީރިޔާ އަށް އަތް ގަދަކޮށްގެން އުޅޭ އައިއެސް ޖަމާއަތުގެ ވެރިރަށުގެ ގޮތުގައި އިއުލާން ކޮށްފައިވާ ސަހަރެވެ. އައިއެސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސީރިޔާ ސަރުކާރުގެ ސިފައިނަށް އެހީތެރިވެދެމުން އަންނަނީ ރޫސީ ވިލާތުންނެވެ. ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް، އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުގެ އިތުރުން އަރަބި ގައުމުތަކުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
11/9ގެ ފަހުން 48،000 އާންމުން މަރާލައިފި
އިރާގާއި ސީރިޔާގައި މިހާރު ތިބީ އައިއެސްގެ ހާހެއްހާ
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
އައިއެސް ބަލިވިކަން އަދިވެސް ޔަގީނެއް ނޫން
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި
ރަޝިޔާގެ މަނަވަރުތަކުން އައިއެސް އަށް ހަމަލާ ދީފި
ދެތިން ހަފުތާގައި އައިއެސް ބަލިކޮށްލެވޭނެ: އައްބާދީ
ކުރުދީ ހަނގުރާމަވެރިން އައިއެސްގެ އަމާޒުތަކާ ގާތަށް