25 ޑިސެމްބަރ 2017
އިރާގާއި ސީރިޔާގެ ބޮޑު ބަޔަކަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކޮށްލެވިއްޖެ ކަމަށް ބުނެ އެ ދެ ގައުމުން ވެސް ދަނީ އުފާ ފާޅުކުރަމުންނެވެ. ނަމަވެސް ހަގީގަތުގައި ވެސް އައިއެސް ބަލިކޮށްލެވިއްޖެކަން އަދިވެސް އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.
އިރާގާއި ސީރިޔާގެ ބޮޑު ބަޔަކަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކޮށްލެވިއްޖެ ކަމަށް ބުނެ އެ ދެ ގައުމުން ވެސް ދަނީ އުފާ ފާޅުކުރަމުންނެވެ. ނަމަވެސް ހަގީގަތުގައި ވެސް އައިއެސް ބަލިކޮށްލެވިއްޖެކަން އަދިވެސް އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.
އިރާގާއި ސީރިޔާގެ ބޮޑު ސަރަހައްދަކަށް 2014 ވަނަ އަހަރުން ފެށިގެން ވެރިވެގެން އުޅުނު އައިއެސް ޖަމާއަތް ބަލިކޮށްލެވިއްޖެ ކަން އެ ދެ ގައުމުން ރަސްމީކޮށް އިއުލާން ކުރީ މި މަހުގެ ތެރޭގަ އެވެ. އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ އެކަން ރަސްމީކޮށް އިއުލާން ކުރެއްވީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ސީރިޔާގައި އުޅުނު އައިއެސް ޖަމާއަތް ބަލިވި ކަމަށް ނިންމައި، ރަޝިޔާ ސިފައިން ސީރިޔާ އިން ފައިބަން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
"އެއްވެސް ކަމެއްގައި އިހުމާލުވެ، އަހަރެމެންނަށް ލިބުނު ކާމިޔާބު ގެއްލުވާލައިގެން ނުވާނެ. ޓެރަރިސްޓުން އަނެއްކާ ފައުޅުވާން އަހަރެމެން ފުރުސަތު ދީގެން ނުވާނެ. އަލުން ފައުޅުވުމުގެ ގާބިލުކަން އައިއެސް އަށް ލިބިގެންވާ ނުވާ ކަމަށް އަހަރެމެން އެއްވެސް ހާލެއްގައި ގަބޫލުކޮށްގެން ނުވާނެ،" މިދިޔަ ހޮނިހިރު ދުވަހު ބަޣްދާދުގައި ވާހަކަ ދައްކަވަމުން އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވިދާޅުވި އެވެ.
އޭނާ އެ ދެއްކެވި ވާހަކަތަކަށް ބާރު ލިބިދޭ އިޝާރާތްތަކެއް މިހާރު ވެސް ދަނީ އިރާގާއި ސީރިޔާގެ އެކި ކަންކޮޅުތަކުން ފެންނަމުންނެވެ. އެ ގޮތުން ސީރިޔާ އާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިން، ސީރިޔާގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ވަނީ އިރާގު ސިފައިންނަށް ހަމަލާތަކެއް ދީފަ އެވެ. އެއީ އައިއެސްގެ ހަމަލާތަކެއް ކަން ކަށަވަރު ނުވިޔަސް، ބޮޑަށް ލަފާކުރެވެނީ އެ ޖަމާއަތުގެ ހަމަލާތަކެއް ކަމަށެވެ.
އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ސީރިޔާގައި. --ފޮޓޯ:ރޮއިޓާސް
އިރާގުގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އިރާގަށް އައިއެސްގެ ހަނގުރާމަވެރިންނަށް އަތް ގަދަކުރެވުނީ އިރާގުގެ އަސްކަރިއްޔާގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުންނެވެ. ކޮރަޕްޝަންގެ ތެރެއިން އުފަންވި އައިއެސް ޖަމާއަތް އިރާގުގެ ތިން ބައިކުޅަ ދެބައިގެ ސަރަހައްދަކަށް ވެރިވެގަތެވެ. އިރާގުގައި ކޮރަޕްޝަން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ 2003 ވަނަ އަހަރު އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓައިލުމާ ގުޅިގެން ކަމަށް މިހާރުގެ ބޮޑުވަޒީރު ވިދާޅުވެ އެވެ.
އިރާގުގައި އުޅުނު އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލެވިއްޖެ ކަމަށް އިރާގު ސަރުކާރުން ރަސްމީކޮށް އިއުލާން ކުރި ކަމުގައި ވިޔަސް، އިރާގުގެ މޫސަލްއާ ކައިރީގައިވާ ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް ހަމަލާ ބަދަލުކުރަމުންދާ ކަމަށް ހަބަރުތައް ލިބެ އެވެ.
އިރާގުން އައިއެެސް ނައްތައިލެވިއްޖެ ކަން އިއުލާން ކުރި އިރު، މެދުއިރުމަތީގެ އެހެން ސަރަހައްދުތަކުގައި އައިއެސްގެ ހަނގުރާމަވެރިން އަލުން ހަރަކާތްތެރިވެ ބާރުގަދަ ކުރަން ފަށައިފާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އިރާގާއި ސީރިޔާގައި އުޅުނު އައިއެސްގެ ހުރިހާ ހަނގުރާމަވެރިން މަރާލެވިފައިނުވާ އިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ހަނގުރާމަވެރިން މިހާރު ވާނީ ކައިރި އެހެން ގައުމުތަކަށް ގޮސްފައި ކަމަށް ބެލެވެ އެވެ.
އޭގެ ތެރޭގައި ތުރުކީ ވިލާތާއި ވިލާތުގެ އެހެން ގައުމުތައް ވެސް ހިމެނެ އެވެ. ނަމަވެސް އެއިން ގައުމެއްގައި އައިއެސްގެ ހަރަކާތެއް ފާޅުގައި މިހާތަނަށް ހިންގައިފައެއް ނުވެ އެވެ. އިރާގާއި ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ދިޔަ ގިނަ މީހުން ސީރިޔާ އަށް އެތެރެވެފައިވަނީ ތުރުކީ މަގުންނެވެ.
11/9ގެ ފަހުން 48،000 އާންމުން މަރާލައިފި
އައިއެސްގެ ހަމަލާތަކެއްގައި އިރާގުގެ 16 ފުލުހުން މަރު
އިރާގާއި ސީރިޔާގައި މިހާރު ތިބީ އައިއެސްގެ ހާހެއްހާ
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ
ސީރިޔާގެ އައިއެސް ލީޑަރު މަރާލައިފިން: ތުރުކީ
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް
ސީރިޔާ އާއި އިރާގުގެ ހަމަލާތައް އަދި އޮތީ ކުރިއަށް
އިރާގުގެ އިރްބީލަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް