28 މާޗް 2017
އިރާގުގެ އެކި ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ބަލިކޮށްލެވޭނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވިދާޅުވެއްޖެ އެވެ.
އިރާގުގެ އެކި ސަރަހައްދުތަކަށް ވެރިވެގަނެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ބަލިކޮށްލެވޭނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ އުތުރުގައިވާ އެންމެ ބޮޑު ސަހަރު ކަމަށްވާ މޫސަލް އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމަށް އިރާގު ސިފައިން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވަމުން އައްބާދީ ވިދާޅުވީ، އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އިރާގުގެ އެކި ސަހަރުތަކަށް ވެރިވެގެން އުޅުނު އައިއެސް ހަނގުރާމަރިންގެ ބާރުގެ ދަށުގައި މިހާރު އޮތީ މޫސަލްގެ ހުޅަނގު ސަރަހައްދުތައް އެކަންޏެވެ.
އައްބާދީ ވިދާޅުވީ އިރާގުން އައިއެސް ޖަމާއަތް ފައްސައިލެވުނަސް، އަވައްޓެރި ސީރިޔާގައި އެ ޖަމާއަތް އިތުރަށް ވަރުގަދަ ކުރަމުން ދާ ކަމަށެވެ. އެހެންކަމުން އެއީ ވެސް އިރާގަށް އޮތް ބިރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިރާގުގައި އުޅޭ އައިއެސްގެ ހަނގުރާމަވެރިން މަރުވަމުން ދިއުމުގެ ސަބަބުން އެ ޖަމާއަތުގެ ހަނގުރާމަވެރިންގެ އަދަދު މަދުވަމުން އަންނަ ކަން އައްބާދީ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އިރާގުން އެ ޖަމާއަތް ނައްތައިލެވޭ އިރު، ސީރިޔާ އާއި އެހެން އަރަބި ގައުމުތަކުން ވެސް އައިއެސް ޖަމާއަތް ފަހައި ބޭރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިއެސްގެ ހަނގުރާމަވެރިން 2014 ވަނަ އަހަރުން ފެށިގެން އިރާގުގެ އެކި ސަރަހައްދުތަކަށް އަތް ގަދަކޮށްގެން އުޅުނު ކަމުގައި ވިޔަސް، އެ ޖަމާއަތް ނައްތައިލުމަށް އަމާޒުކޮށްގެން އިރާގު ސަރުކާރުން ހަމަލާތައް ފެށީ މިދިޔަ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ހަމަލާތަކުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރަމުން ގޮސް މިހާރު އެންމެ ފަހުގެ ހަމަލާތައް ހިނގަމުންދަނީ މޫސަލް އިން އެ ޖަމާއަތް ފައްސައިލުމަށެވެ.
ހުޅަނގު މޫސަލްގައި އިރާގު ސިފައިންނާއި އައިއެސް ޖަމާއަތާ ދެމެދު ވަރުގަދަ އަށް ހަމަލާތައް ބަދަލު ކުރަމުންދާ އިރު، އެ ސަހަރުގެ 400،000 އަށް ވުރެ ގިނަ އާންމުން ތިބީ އެ ސަހަރުން ނުކުމެވޭނެ ގޮތެއް ނެތި ބަންދުވެފަ އެވެ. އެ މީހުންނަށް ބޭނުންވާ ބޯފެނާއި ކާބޯތަކެތި ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
11/9ގެ ފަހުން 48،000 އާންމުން މަރާލައިފި
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައިއެސް ބަލިކޮށްލެވޭނެ
މޫސަލްގެ ކުޑަ ތަންކޮޅެއްގައި އައިއެސް ތާށިވެފައި
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
އެމެރިކާ ސިފައިންގެ މައުލޫމާތު ދެން އާންމެއް ނުކުރާނެ
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
އައިއެސްގެ ހަމަލާތަކެއްގައި އިރާގުގެ 16 ފުލުހުން މަރު
ބިދޭސީ ލަޝްކަރެއް ބޭނުމެއް ނޫން: އިރާގުގެ ބޮޑުވަޒީރު
އެމެރިކާ ސިފައިން އިރާގުގައި ތިބުމުގެ ހުއްދައެއް ނެތް
ދެން އޮތީ ފަސާދައާ ދެކޮޅު ހަނގުރާމަ: އައްބާދީ