19 ޖޫން 2018
ތުރުކީ ވިލާތުގެ އިމާ ގާތުގައި ސީރިޔާގެ އުތުރުގައި އޮންނަ މަންބިޖްގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން އެ ސަރަހައްދު ދޫކޮށް ފައިބައިގެން ދާކަން ކަށަވަރު ކުރުމަށްޓަކައި، ތުރުކީ ވިލާތުގެ ސިފައިންނާއި އެމެރިކާ ސިފައިން އެ ސަރަހައްދުގައި ފޯރިމަރަން ފަށާފައިވާ ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ތުރުކީ ވިލާތުގެ އިމާ ގާތުގައި ސީރިޔާގެ އުތުރުގައި އޮންނަ މަންބިޖްގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން އެ ސަރަހައްދު ދޫކޮށް ފައިބައިގެން ދާކަން ކަށަވަރު ކުރުމަށްޓަކައި، ތުރުކީ ވިލާތުގެ ސިފައިންނާއި އެމެރިކާ ސިފައިން އެ ސަރަހައްދުގައި ފޯރިމަރަން ފަށާފައިވާ ކަމަށް ތުރުކީގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ތުރުކީ ވިލާތާއި އެމެރިކާ ސިފައިން ގުޅިގެން މި އަސްކަރީ ހަރަކާތްތައް ހިންގަން މި ފެށީ، ކުރުދީން އެ ސަރަހައްދުން ސަލާމަތް ކަމާ އެކު ފައިބައިގެން ދިއުމުގެ ފުރުސަތު ދިނުމަށް އެމެރިކާ އާއި ތުރުކީ ވިލާތުން އެކުލަވައިލި އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ. އެ ސަރަހައްދުގައި ތިބި ކުރުދީ ހަނގުރާމަވެރިންނަކީ ތުރުކީ ވިލާތަށް ނުރައްކާ ކުރާ ޓެރަރިސްޓުން ކަމަށް ތުރުކީ ވިލާތުން ދެކޭ އިރު، އެމެރިކާ އިން ކުރުދީންނާ މެދު އެ ގޮތަކަށް ނުދެކެ އެވެ.
ސީރިޔާގައި އޮތް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވެސް އެމެރިކާ އިން ވަނީ ކުރުދީ ހަނގުރާމަވެރިންނަށް މަދަދު ފޯރުކޮށްދީފަ އެވެ. އެހެންކަމުން، ތުރުކީ ވިލާތުން ކުރުދީންނަށް ހަމަލާ ދިނުމަކީ އެމެރިކާ ރުހޭ ކަމަކަށް ނުވެ އެވެ.
ކުރުދީން މަސައްކަތް ކުރަމުންދަނީ އިރާގާއި ސީރިޔާ އަދި ތުރުކީ ވިލާތް ގުޅޭ ސަރަހައްދުގައި ކުރުދީންގެ ވަކި ވެރިކަމެއް ގާއިމު ކުރުމަށެވެ. އެކަމަށް އެ ތިން ގައުމު ވެސް ދެކޮޅު ހަދަ އެވެ.
ތުރުކީގެ ސަމްސަން ޕްރޮވިންސްގައި އިއްޔެ ބޭއްވި ރިއާސީ އިންތިޚާބުގެ ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަމުން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ، މަންޖިބްގައި ތިބި ޓެރަރިސްޓުން އެ ސަރަހައްދުން ފައިބަން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން މަންޖިބް އޮތީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އެމެރިކާގެ އަސްކަރީ މަދަދާ އެކު، ސީރިޔާގެ އިދިކޮޅު ލަޝްކަރާއި ކުރުދީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝްން ޔުނިޓް (ވައިޕީޖީ) ގުޅިގެން ކުރި ހަނގުރާމައިގައި އައިއެސް ޖަމާއަތް ބަލިކޮށް މަންޖިބް ހިފީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަމަވެސް ތުރުކީ ވިލާތުން ގަބޫލު ކުރާ ގޮތުގައި ވައިޕީޖީއަކީ ވެސް، ތުރުކީ ވިލާތުން ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ކުރުދިސްތާނު ވޯކާސް ޕާޓީއާ ގުޅިފައިވާ ޓެރަރިސްޓު ޖަމާއަތެކެވެ. ވީމާ، އެ ޖަމާއަތުގެ ހަނގުރާމަވެރިން ސީރިޔާގެ ތެރޭގައި، ތުރުކީގެ އިމާ އެހާ ކައިރީގައި ތިބުމަކީ ނުރައްކަލެއް ކަމަށް ތުރުކީ ސަރުކާރުން ދެކެ އެވެ.
ތުރުކީ ސަރުކާރާއި އެމެރިކާ އިން އެއްބަސްވެފައިވަނީ، މަންބިޖް ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ފައިބައިގެން ދިއުމުން އެމެރިކާ އާއި ތުރުކީ ސިފައިން ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށެވެ.
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އެމެރިކާގެ އުދުވާނަށް ބަދަލު ހިފާނަން: ހަނގުރާމަވެރިން
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ތުރުކީ އަށް އެމެރިކާގެ އެފް-16ގެ ބޯޓުތަކެއް ގަންނަނީ
ތުރުކީ، ސީރިޔާ ސުލްހަކުރުމުގެ ބައްދަލުވުމެއް ރަޝިޔާގައި
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް