12 އެޕްރީލް 2018
ނޭޕީޑޯ (އެޕްރީލް 12) - ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ މައްސަލަ ދޫކޮށްލަން އެ ގައުމުގެ ކޯޓަކުން ދެކޮޅު ހަދައިފި އެވެ.
ނޭޕީޑޯ (އެޕްރީލް 12) - ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ މައްސަލަ ދޫކޮށްލަން އެ ގައުމުގެ ކޯޓަކުން ދެކޮޅު ހަދައިފި އެވެ.
މިއަންމާގެ ދެ ނޫސްވެރިން ކަމަށްވާ ވަ ލޯން، 32، އާއި ކިޔޯ ސޮއެ އޫ، 27، ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މީހުން ކުށްވެރިކޮށްފައި ވަނީ ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ޖަރީމާގެ މައްޗަށް ތަހުގީގީ ރިޕޯޓެއް ތައްޔާރުކުރުމުންނެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ އޮފިޝަލް ސީކްރެޓް އެކްޓުގެ ދަށުންނެވެ. ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 14 އަހަރަށް ޖަލަށްލާނެ އެވެ.
ދެ ނޫސްވެރިން ރިޕޯޓްކުރީ ރަކީންގައި މިއަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާއްމެއްގެ މައްސަލަ އެވެ. އެ ގަތުލްއާއްމުގައި ބައިވެރިވި މިއަންމާ ސިފައިންގެ ހަތް މީހުންގެ މައްޗަށް އެ ގައުމުން އިއްޔެ ވަނީ ބުރަ މަސައްކަތާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ދެ ނޫސްވެރިންގެ ވަކީލުން މިދިޔަ ހަފުތާގައި ވަނީ މައްސަލަ ދޫކޮށްލުމަށް ގޮވާލައިފަ އެވެ. ވަކީލުންގެ ޓީމުގައި ވަނީ މަޝްހޫރު ވަކީލް އަމާލް ކްލޫނީ ވެސް ބައިވެރިވެފަ އެވެ. އަމާލް ވިދާޅުވީ މިއަންމާގައި ބަންދުކޮށްފައި ތިބި ލަ ލޯން އާއި ކިޔައޯ ސޮއެ ސޫ އަކީ ކުށެއް ނެތް ބައެއްކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވޭ ކަމަށެވެ.
މިއަންމާގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ދެ ނޫސްވެރިން ރިޕޯޓްކުރި މައްސަލާގައި ސިފައިން ކުށްވެރިވާ ކަމަށް ހުކުމް އިއްވުމުން ދެ ނޫސްވެރިން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ރޮއިޓާސްގެ ރައީސް ސްޓެފަން ޖޭ. އެޑްލާ ވިދާޅުވީ ކޯޓުގެ ނިންމުމުގެ ސަބަބުން މާޔޫސްވެއްޖެ ކަމަށެވެ.
މިއަންމާގެ ގަތުލްއާއްމު ރިޕޯޓްކުރި ނޫސްވެރިންނަށް ދައުވާ ކުރަނީ
ރަކީން ސްޓޭޓުން ކަށްވަޅުތަކެއް ފެނުނު ވާހަކައަކީ ދޮގެއް: މިއަންމާ
ރެފިއުޖީން އަނބުރާ ދެވޭނީ މިއަންމާ މީހުން ބޭނުން ނަމަ
ރަކީންގައި ހުރި މިއަންމާ ސިފައިންގެ ޖެނެރަލް ވަކިކޮށްފި
ރަކީންގައި ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި
ރެފިއުޖީ އެހީގެ ގޮތުގައި ބަންގާޅަށް 400 މިލިއަން ޑޮލަރު
ރޮހިންޖާ މީހުންގެ ބިމުގައި މިއަންމާއިން ހަނޑޫ ހައްދަނީ
މިއަންމާ އަށް ދޭ އަސްކަރީ އެހީ އެމެރިކާ އިން ހުއްޓާލަނީ
ރޮހިންޖާ މައްސަލަ ރިޕޯޓްކުރާ ނޫސްވެރިން ބިރުވެރިކަމެއްގައި
މިއަންމާގެ ރަކީން ސްޓޭޓުގެ ސްކޫލްތައް ހުޅުވައިފި