02 އޮކްޓޯބަރ 2017
ރަކީން (އޮކްޓޯބަރު 2) - މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަޖެހުން ގާއިމްވެފައިވާކަން ދެއްކުމުގެ ގޮތުން އެ ސްޓޭޓުގެ ސްކޫލްތައް ހުޅުވައިފި އެވެ.
ރަކީން (އޮކްޓޯބަރު 2) - މިއަންމާގެ ރަކީން ސްޓޭޓުގައި ހަމަޖެހުން ގާއިމްވެފައިވާކަން ދެއްކުމުގެ ގޮތުން އެ ސްޓޭޓުގެ ސްކޫލްތައް ހުޅުވައިފި އެވެ.
އެކަމަކު އޮގަސްޓް މަހު ފަހުކޮޅު ރަކީން ސްޓޭޓުގައި ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެ ސްޓޭޓު ވަނީ ގާތްގަނޑަކަށް ފަޅުވެފަ އެވެ. މުސްލިމުންގެ އަވަށްތަކުގައި އަލިފާން ޖަހާ އިމާރާތްތައް ވަނީ ހަލާކުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ބައި މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ. މިއީ ރަކީންގެ މުސްލިމުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނެވެ. ރަކީންގައި މިއަންމާ ސިފައިން ހިންގި އަނިޔާވެރި އަމަލު އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގަ އެވެ.
މިއަންމާގެ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލުން ބުނީ ރަކީންގައި އެންމެ ބޮޑަށް ހަމަނުޖެހުން ހިންގި މައުންގްޑޯ އާއި ބުތިޑައުންގް ޓައުނުގެ ސްކޫލްތައް ހުޅުވާ ކިޔަވައި ދޭން ފަށާފައިވާ ކަމަށެވެ. މިއަންމާގެ ނޫހެއް ކަމަށްވާ ގްލޯބަލް ނިއު ލައިޓް އިން ބުނީ ރަކީންގެ އަވަށްތަކަށް މިހާރު ހަމަޖެހުން އައިސްފައިވާ ކަމަށާއި މިހާރު އެ ތަންތަން ރައްކާތެރި ކަމަށެވެ.
މިއަންމާ ސަރުކާރުން ބުނީ ރޮހިންޖާ މީހުން މިހާރު ބަންގްލަދޭޝް އަށް ދަނީ ރަކީންގެ ހާލަތު ގޯސްވެގެން ނޫން ކަމަށެވެ. މިއަންމާ ހުރަސްކޮށް ބަންގްލަދޭޝް އަށް ވަނުމަކީ ވެސް ނުރައްކާ ދަތުރެކެވެ. ކަނޑުމަގުން ބަންގްލަދޭޝް އަށް އެތެރެވާން އުޅެނިގެން މިދިޔަ ހަފުތާގައި ވަނީ ބޯޓު ފެތިގެން 60 އަށް ވުރެ ގިނަ ރެފިއުޖީން މަރުވެފަ އެވެ.
އދ.ގެ މަންދޫބުންނާއި ޑިޕްލޮމެޓުން ރަކީން ސްޓޭޓަށް މިއަދު ގެންދާ ގޮތަށް މިއަންމާ ސަރުކާރުން އޮތީ ހަމަޖައްސައިފަ އެވެ.
މިއަންމާގެ ދެ ނޫސްވެރިންގެ މައްސަލަ ކުރިއަށް ގެންދާނެ
ރަކީން ސްޓޭޓުން ކަށްވަޅުތަކެއް ފެނުނު ވާހަކައަކީ ދޮގެއް: މިއަންމާ
ރެފިއުޖީން އަނބުރާ ދެވޭނީ މިއަންމާ މީހުން ބޭނުން ނަމަ
ރަކީންގައި ހުރި މިއަންމާ ސިފައިންގެ ޖެނެރަލް ވަކިކޮށްފި
ރަކީންގައި ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި
ރެފިއުޖީ އެހީގެ ގޮތުގައި ބަންގާޅަށް 400 މިލިއަން ޑޮލަރު
ރޮހިންޖާ މީހުންގެ ބިމުގައި މިއަންމާއިން ހަނޑޫ ހައްދަނީ
މިއަންމާ އަށް ދޭ އަސްކަރީ އެހީ އެމެރިކާ އިން ހުއްޓާލަނީ
ރަކީން އަށް އދ.ގެ އޮފިޝަލުން ދިއުން ހުއްޓުވައިފި
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ