Roadha Mihaaru
ރަކީންގައި ހުރި މިއަންމާ ސިފައިންގެ ޖެނެރަލް ވަކިކޮށްފި

ރަކީންގައި ހުރި މިއަންމާ ސިފައިންގެ ޖެނެރަލް ވަކިކޮށްފި

14 ނޮވެމްބަރ 2017

ޔަންގޮން (ނޮވެމްބަރު 14) - މިއަންމާ ސިފައިން ޖަރީމާ ހިންގި ރަކީން ސްޓޭޓަށް ކަނޑައަޅާފައި ހުރި މިއަންމާ ސިފައިންގެ ޖެނެރަލް މަގާމުން ދުރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔަންގޮން (ނޮވެމްބަރު 14) - މިއަންމާ ސިފައިން ޖަރީމާ ހިންގި ރަކީން ސްޓޭޓަށް ކަނޑައަޅާފައި ހުރި މިއަންމާ ސިފައިންގެ ޖެނެރަލް މަގާމުން ދުރުކޮށްފި އެވެ.

ވެސްޓަން ކޮމާންޑުގެ ވެރިޔާގެ މަގާމުން މޭޖާ ޖެނެރަލް މައުންގް މައުންގް ސޮއެ ދުރުކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އޭނާ އަށް އެހެން މަގާމެއް ދީފައެއް ވެސް ނުވެ އެވެ.

ރަކީން އަށް ކަނޑައަޅާފައި ހުންނަ މިއަންމާ ސިފައިންގެ ޖެނެރަލް މަގާމުން ވަކިކޮށްފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން މިއަންމާ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.

މިއަންމާ ސިފައިންގެ ޖެނެރަލް މަގާމުން ދުރުކުރި އިރު މިއަންމާ ސިފައިން ވަނީ ރަކީންގައި އެ މީހުން އެއްވެސް ޖަރީމާއެއް ނުހިންގާ ކަމަށް ބުނެ މިއަދު ރިޕޯޓް ނެރެފަ އެވެ. އަދި ރަކީންގައި އަނިޔާވެރި އަމަލުތައް ހިންގި ކަމަށް މިއަންމާ ސިފައިން ބުނެފައި ވަނީ ރޮހިންޖާ މުސްލިމުންނެވެ.

ރަކީން ސްޓޭޓުގެ އަނިޔާވެރިކަން ބޮޑުވުމުން ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން ބުނެފައި ވަނީ މިއަންމާ ސިފައިންނާއި ބުޑިސްޓުން ވަނީ އެ މީހުންގެ ގެދޮރުގައި އަލިފާން ޖަހާ، މީހުން ރޭޕްކޮށްފައި ކަމަށެވެ. މިއަންމާ ސިފައިންގެ އަނިޔާވެރިކަން އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.