16 ނޮވެމްބަރ 2017
ޔަންގޮން (ނޮވެމްބަރު 16) - ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީން އަނބުރާ އާދެވޭނީ މިއަންމާގެ "ހަގީގީ ރައްޔިތުން" ބޭނުން ނަމަ ކަމަށް އެ ގައުމުގެ ސިފައިން ބުނެފި އެވެ.
ޔަންގޮން (ނޮވެމްބަރު 16) - ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީން އަނބުރާ އާދެވޭނީ މިއަންމާގެ "ހަގީގީ ރައްޔިތުން" ބޭނުން ނަމަ ކަމަށް އެ ގައުމުގެ ސިފައިން ބުނެފި އެވެ.
މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން ރަކީން ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު ވަނީ ހަ ލައްކަ އަށް އަރައިފަ އެވެ. އދ. އިން ބުނެފައި ވަނީ ރޮހިންޖާ މީހުން ރަކީން ސްޓޭޓް ދޫކޮށް ދާން ޖެހުނީ މުސްލިމުންގެ އަވަށްތަކުގައި އަލިފާން ޖަހާ، އަންހެނުން ރޭޕްކޮށް އެތައް އަނިޔާއެއް ދިނުމުން ކަމަށެވެ. މިއަންމާ ސިފައިންގެ އަމަލުތައް އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.
މިއަންމާ ސިފައިންގެ ވެރިޔާ މިން އައުން ލައިން ވަނީ ރަކީންގައި އެއްވެސް ޖަރީމާއެއް ސިފައިން ނުހިންގާ ކަމަށް ބުނެފަ އެވެ. ރޮހިންޖާ މުސްލިމުން ރަކީންގައި ދިރިއުޅޭތާ އެތައް އަހަރެއްވީ ނަމަވެސް މިއަންމާ އިން ގަބޫލް ކުރަނީ އެއީ ބަންގްލަދޭޝް އިން އެތެރެވެފައިވާ ބައެއް ކަމަށެވެ. ރޮހިންޖާ މުސްލިމުންނަށް މިއަންމާ އިން މުޚާތަބް ކުރަނީ ވެސް ބެންގާލީންގެ ނަމުންނެވެ.
"ބަންގްލަދޭޝް އިން ބޭނުންވާހާ ބަޔަކު މިއަންމާ އަށް އެތެރެވުމުގެ ހުއްދައެއް ނުދެވޭނެ،" ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން އަށް ގެންދިއުމާ ގުޅޭ ގޮތުން ބަންގްލަދޭޝް އާއި މިއަންމާ ވަނީ އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް އެކަން ކުރާނެ ގޮތަކާ މެދު ވަނީ ދެ ގައުމު ޚިޔާލު ތަފާތުވެފަ އެވެ.
މިއަންމާގެ ދެ ނޫސްވެރިންގެ މައްސަލަ ކުރިއަށް ގެންދާނެ
ރަކީން ސްޓޭޓުން ކަށްވަޅުތަކެއް ފެނުނު ވާހަކައަކީ ދޮގެއް: މިއަންމާ
ރަކީންގައި ހުރި މިއަންމާ ސިފައިންގެ ޖެނެރަލް ވަކިކޮށްފި
ރަކީންގައި ސިފައިން އެއްވެސް ޖަރީމާއެއް ހިންގި ކަމަކަށް ނުވި
ރެފިއުޖީ އެހީގެ ގޮތުގައި ބަންގާޅަށް 400 މިލިއަން ޑޮލަރު
ރޮހިންޖާ މީހުންގެ ބިމުގައި މިއަންމާއިން ހަނޑޫ ހައްދަނީ
މިއަންމާ އަށް ދޭ އަސްކަރީ އެހީ އެމެރިކާ އިން ހުއްޓާލަނީ
މިއަންމާގެ ރަކީން ސްޓޭޓުގެ ސްކޫލްތައް ހުޅުވައިފި
ރަކީން އަށް އދ.ގެ އޮފިޝަލުން ދިއުން ހުއްޓުވައިފި
ރަކީންގެ ހާލަތު އަންނަނީ ރަނގަޅުވަމުން: މިއަންމާ