09 ޖުލައި 2018
ޔަންގޫން (ޖުލައި 9) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުވާ ކުރަން މިއަދު ނިންމައިފި އެވެ.
ޔަންގޫން (ޖުލައި 9) - މިއަންމާގެ ރަކީން ސްޓޭޓުގައި ރޮހިންޖާ މީހުންނާ ދެކޮޅަށް ހިންގި ގަތުލް އާއްމު ރިޕޯޓްކުރި ރޮއިޓާސްގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުވާ ކުރަން މިއަދު ނިންމައިފި އެވެ.
މިއަންމާގެ ދެ ރައްޔިތުން ކަމަށްވާ ވާ ލޯން، 32، އާއި ކިއެ ސޮއެ އޫ، 28، ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މީހުން ކުށްވެރިކޮށްފައި ވަނީ ރަކީން ސްޓޭޓުގައި މިއަންމާ ސިފައިން ހިންގި ޖަރީމާގެ މައްޗަށް ތަހުގީގީ ރިޕޯޓެއް ތައްޔާރުކުރުމުންނެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ އޮފިޝަލް ސީކްރެޓް އެކްޓުގެ ދަށުންނެވެ. ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 14 އަހަރަށް ޖަލަށްލާނެ އެވެ.
ޔަންގޫންގެ ކޯޓުގެ ފަނޑިޔާރު ނިންމާފައި ވަނީ މި މަހު 16 ވަނަ ދުވަހު އެ މީހުންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. އެ މީހުން ބަންދުކޮށްގެން ގެންގުޅޭތާ މިހާރު ހަތް މަސްވެއްޖެ އެވެ.
ރޮއިޓާސް އިން ބުނީ އެއީ ކުށެއް ނެތް ދެ ނޫސްވެރިން ކަމަށެވެ. އަދި އެ މީހުންގެ މަސައްކަތަކީ ހާދިސާތައް ރިޕޯޓް ކުރުން ކަމަށްވާ އިރު އެ މީހުން ކުރި ކަމަކީ ރޮހިންޖާ ގަތުލް އާއްމު ރިޕޯޓް ކުރުން ކަމަށެވެ. އަދި އެ މައްސަލަ ދޫކޮށްލަން ރޮއިޓާސް އިން ވަނީ ގޮވާލައިފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ މިއީ ނޫސްވެރިކަމުގެ މިނިވަން ކަމުގައި މިއަންމާ އަށް ކަޅު ދުވަހެއް ކަމަށެވެ.
މިއަންމާ ސިފައިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިންގަން ފެށި ގަތުލްއާއްމުގައި ރަކީން ސްޓޭޓް ދޫކޮށް ވަނީ ހަތް ލައްކައެއްހާ މީހުން އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
މިއަންމާގެ ދެ ނޫސްވެރިންގެ މައްސަލަ ކުރިއަށް ގެންދާނެ
ރޮހިންޖާ މައްސަލަ ރިޕޯޓްކުރާ ނޫސްވެރިން ބިރުވެރިކަމެއްގައި
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް
ރޮހިންޖާ މުސްލިމުންނަށް އިތުރު އެހީ ބޭނުންވޭ: އދ
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ރޮހިންޖާ ރެފިއުޖީން 2022 ގައި ރެކޯޑް އަދަދަކަށް
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް