05 ޖެނުއަރީ 2025
މިޔަންމާއިން ގަވާއިދާ ހިލާފަށް މެލޭޝިއާއަށް އެތެރެވާން މަސައްކަތްކުރި ގާތްގަނޑަކަށް 300 މީހުން ތިބި ދެ ދެ ބޯޓެއް މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށް ހޮނިހިރު ދުވަހު ބުނެފި އެވެ.
މިޔަންމާއިން ގަވާއިދާ ހިލާފަށް މެލޭޝިއާއަށް އެތެރެވާން މަސައްކަތްކުރި ގާތްގަނޑަކަށް 300 މީހުން ތިބި ދެ ދެ ބޯޓެއް މެލޭޝިއާގެ ކަނޑުގެ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށް ހޮނިހިރު ދުވަހު ބުނެފި އެވެ.
މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީ (އެމްއެމްއީއޭ) އިން ބުނީ އެ ބޯޓުތައް ފެނުނީ ހުކުރު ދުވަހުގެ ރޭ، އުތުރުގެ ރިސޯޓެއް ކަމަށްވާ ލަންގްކާވީގެ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު (3.7 ކިލޯމީޓަރު) ދުރުން ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް މުހައްމަދު ރޮސްލީ އަބްދުﷲ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ބޯޓުތަކުގެ ދަތުރު ކުރިއަށް ގެންދިއުމަށް ކަނޑުގެ ބޯޑަރުން އެ ބޯޓުތައް ނެރުމަށް ފަހު ކާބޯތަކެއްޗާއި ސާފު ބޯފެން ފޯރުކޮށްދީ އެމްއެމްއީއޭ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި ބޯޓުތަކުގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު މެލޭޝިއާގެ ލަންގްކާވީއަށް ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ބޯޓެއް ލައްވުމުން އެ ގައުމުގެ ފުލުހުން ވަނީ އެ 200 އެއްހާ މީހުން ހިފަހައްޓައިފަ އެވެ.
ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އަނިޔާލިބެމުންދާއިރު، ގިނަ ބަޔަކު ފިލައިގެން ދަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިއާ ނުވަތަ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކަށެވެ. ބޯޓުފަހަރުގައި މެލޭޝިއާއަށް ދާން ނުވަތަ ތައިލެންޑަށް ގޮސް ބޯޑަރު ހުރަސްކޮށް މެލޭޝިއާއަށް އެތެރެވުމަށް ނުރައްކާތެރި ދަތުރުތައް އެ މީހުން ކުރެ އެވެ.
މެލޭޝިއާއިން ރޮހިންޖާގެ 196 މީހަކު ހިފަހައްޓައިފި
ރޮހިންޖާގެ 260 އަށްވުރެ ގިނަ މީހުން އިންޑޮނީޝިއާއަށް
ލަންކާ ސިފައިން ރޮހިންޖާއިންގެ ބަޔަކު ސަލާމަތްކޮށްފި
މިޔަންމާ މައްސަލަ އަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް
ރޮހިންޖާ މުސްލިމުންނަށް އިތުރު އެހީ ބޭނުންވޭ: އދ
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ރޮހިންޖާ ރެފިއުޖީން 2022 ގައި ރެކޯޑް އަދަދަކަށް
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި