11 އެޕްރީލް 2018
މޮސްކޯ (އެޕްރީލް 11) - ސީރިއާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އެއްވެސް އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިޔާ އިން އިންޒާރު ދީފި އެވެ.
މޮސްކޯ (އެޕްރީލް 11) - ސީރިއާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އެއްވެސް އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިޔާ އިން އިންޒާރު ދީފި އެވެ.
ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ ސީރިއާ އަށް ގަވާއިދާ ޚިލާފަށް ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އެމެރިކާ އިން އުފުލަން ޖެހޭނެ ކަމަށެވެ.
ހުޅަނގުގެ ލީޑަރުން ބުނެފައި ވަނީ ދޫމާގައި ކެމިކަލް ހަމަލާ ދިން ބަޔަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެފައި ވަނީ ސީރިއާ އަށް ދޭ ކޮންމެ ހަމަލާއެއް އަމާޒުކުރާނީ އެ ގައުމުގެ ކެމިކަލް ފެކްޓަރީތަކަށް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދިފާއި ވަޒީރު ޖޭމްސް މެޓިސް ވަނީ ސީރިއާ އަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ވަނީ ސީރިއާ މައްސަލަ އަށް ސަމާލުކަން ދިނުމަށް ލެޓިން އެމެރިކާ ދަތުރުފުޅު ވެސް ކެންސަލް ކުރައްވައިފަ އެވެ.
ސީރިއާގެ ބައިވެރިއެއް ކަމަށްވާ ރަޝިޔާ އިން ވަނީ ދޫމާގައި ކެމިކަލް ހަމަލާއެއް ނުދޭ ކަމަށް ބުނެފަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސާާގީ ލަވްރޯފް ވެސް ވިދާޅުވެފައި ވަނީ ޚާއްސަ ޓީމުތައް ދޫމާ އަށް ފޮނުވައިގެން ބެލި އިރު ކެމިކަލް ހަމަލާއެއް ދިންކަމުގެ އަސަރު ފެންނަން ނެތް ކަމަށެވެ.
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
ދެން ކެމިކަލް ހަމަލާއެއް ދީފިއްޔާ ނަތީޖާ ގޯސްވާނެ
އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 472 މީހުން މަރު
ރަޝިޔާގެ މަނަވަރުތަކުން އައިއެސް އަށް ހަމަލާ ދީފި
އެމެރިކާ އިން ހަމަލާ ދީ ސީރިޔާގެ ބޯޓެއް ވައްޓާލައިފި
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ