19 ޖޫން 2017
ސީރިޔާ ސަރުކާރުގެ އަސްކަރީ މަތިންދާ ބޯޓަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދީ އިއްޔެ ވައްޓާލައިފި އެވެ.
ސީރިޔާ ސަރުކާރުގެ އަސްކަރީ މަތިންދާ ބޯޓަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާ ދީ އިއްޔެ ވައްޓާލައިފި އެވެ.
އެމެރިކާ އިން ބުނި ގޮތުގައި ސީރިޔާގެ ބޯޓު ވައްޓައިލީ އެ ބޯޓުން ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުގެ މަރުކަޒުތަކަށް ބޮން އެޅުމާ ގުޅިގެންނެވެ. އެ ޖަމާއަތްތަކަކީ އެމެރިކާގެ މަދަދާ އެކު، ސީރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާއަތްތަކެކެވެ.
ނަމަވެސް ސީރިޔާ ސަރުކާރުން ބުނި ގޮތުގައި އެމެރިކާގެ މަތިންދާބޯޓުތަކުން ސީރިޔާގެ މަތިންދާބޯޓަށް ހަމަލާ ދިނީ، އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާތަކެއް ދޭން އުޅެނިކޮށެވެ. މި ހާދިސާގައި ސީރިޔާގެ ބޯޓު ވެއްޓިފައިވާ އިރު، އޭގެ ޕައިލެޓް ގެއްލިފައިވާ ކަމަށް ސީރިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސީރިޔާގެ މަތިންދާބޯޓު ވައްޓައިލީ ރައްގާގެ ދެކުނު ސަރަހައްދުގައި އުދުހެނިކޮށެވެ.
ސީރިޔާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ އަސްކަރީ ބޯޓުތަކުން ސީރިޔާގެ ޖެޓަކަށް މި ހަމަލާ ދިނީ، އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް ސީރިޔާ ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސީރިޔާގެ ބޯޓު ވައްޓައިލީ، އެމެރިކާގެ މަދަދާ އެކު ހަނގުރާމަ ކުރާ އިދިކޮޅު ޖަމާއަތެއްގެ މަރުކަޒަކަށް ހަމަލާ ދީ ބައެއް ހަނގުރާމަވެރިން މަރައިލުމާ ގުޅިގެންނެވެ. އަދި އެ ބޯޓު ވައްޓައިލީ އަމިއްލަ ނަފްސުގެ ދިފާއުގައި އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.
އެމެރިކާ އިން ބުނި ގޮތުގައި ސީރިޔާގެ ބޯޓަށް ހަމަލާ ދިނުމުގެ ކުރިން، އެމެރިކާ އިން ވަނީ ރަޝިޔާގެ އަސްކަރީ ފަރާތްތަކާ ގުޅައި އެ ކަމުގެ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އަދި ސީރިޔާގެ ޖެޓްތަކުން އިދިކޮޅު ހަނގުރާމަވެރިންގެ މަރުކަޒަށް ހަމަލާ ދެމުންދާ ކަމަށާއި އެކަން ހުއްޓުވައިދިނުމަށް އެދުމުން ވެސް އެކަމަށް ނިމުމެއް ނައި ކަމަށް އެމެރިކާ އިން ބުންޏެވެ.
ހަމަލާ ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް
ދެން ކެމިކަލް ހަމަލާއެއް ދީފިއްޔާ ނަތީޖާ ގޯސްވާނެ
އެމެރިކާގެ ހަމަލާތަކުގައި ސީރިޔާގެ 472 މީހުން މަރު
ރަޝިޔާގެ މަނަވަރުތަކުން އައިއެސް އަށް ހަމަލާ ދީފި
ސީރިޔާގައި ހަނގުރާމަވެރިންގެ ބާރު ވަނީ ގަދަ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ