08 އެޕްރީލް 2018
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ، ރޭ އެކަނި ވެސް ގއ. ކޫއްޑު އަށް 600 އަށް ވުރެ ގިނަ ޓަނުގެ މަސް ކިރައިފި އެވެ.
ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅުވެ، ރޭ އެކަނި ވެސް ގއ. ކޫއްޑު އަށް 600 އަށް ވުރެ ގިނަ ޓަނުގެ މަސް ކިރައިފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް މިއަދު ވިދާޅުވީ ދެކުނުގެ މަސްވެރިކަން ދަށްވެފައި އޮތުމަށް ފަހު، މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ. އަދި 400 ޓަނުގެ ކެޕޭސިޓީ ހުންނަ ކޫއްޑު އަށް ރޭ 600 އަށް ވުރެ ގިނަ ޓަނު މަސްކިރިއިރު، އަދިވެސް ބައެއް ދޯނިފަހަރުތަކަށް މަސްކިރަން މަޑުކޮށްގެން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުވަދު އަތޮޅުގެ މަސްވެރިންތަކެއް ރޭ ކޫއްޑޫއަށް މަސްކިރަން ބަނދަރުގައި މަޑުކޮށްލައިގެން. ފޮޓޯ: މިފްކޯ
"ކޫއްޑޫގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް ރޭ ވެސް މަސް ގަނެފައި މިވަނީ. އަދި ރޭގައި ނުކިރުނު ދޯނިތަކަށް އައިސްދީގެން މަޑުކޮށްގެން އެބަތިބި. މިއަދު އެ ދޯނިތަކުގެ މަސް ކިރައި ނިމޭނެ،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެކުނުން މިދިޔަ ހަފުތާގައި އެވްރެޖްކޮށް ދުވާލަކު ކިރާފައި ވަނީ 50 ވަރަކަށް ޓަނުގެ މަހެވެ. ނަމަވެސް އިއްޔެ ކޫއްޑު އަށް މަސްކިރަން ދިޔަ ބައެއް ދޯނިތަކުން 15-20 ޓަނުގެ މަސް ކިރާފައިވާ ކަމަށް ވެސް އަދްލީ ވިދާޅުވި އެވެ.
"މަސްވެރިކަން ރަނގަޅުވިއިރު ހުވަދު އަތޮޅުގައި ހުރި ހުރިހާ އައިސްޕްލާންޓްތަކުން މަސްވެރިންނަށް އައިސް ލިބޭނެ. އަޅުގަނޑުމެން އިލްތިމާސް ކުރަން މަސްވެރިން އައިސް އަޅައިގެން ނުކުތުމަށް،" އޭނާ ވިދާޅުވި އެވެ.
މަސް ނުކިރުވިގެން އުކާލާކަށް ނުޖެހޭނެ: މިފްކޯ
ކޫއްޑޫގައި ގިނަ ދޯނިފަހަރު އަނެއްކާ ވެސް މަސް ނުކިރި
މިފްކޯއަށް ގެއްލުންވަނީ މަހުގެ އަގު ދަށްކަމުން: އަދުލީ
ދޯންޏަކުން މިފްކޯ އަށް ކިރުވޭނީ 2.5 ޓަނުގެ މަސް
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ