27 އެޕްރީލް 2017
ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވުމާއެކު، ކޮންމެ ދޯންޏަކުން ވެސް އެ ކުންފުންޏަށް މިއަދު އެންމެ ގިނަވެގެން ކިރުވާނީ 2.5 ޓަނުގެ މަސް ކަމަށް މިފްކޯ އިން ހަމަޖައްސައިފި އެވެ.
ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވުމާއެކު، ކޮންމެ ދޯންޏަކުން ވެސް އެ ކުންފުންޏަށް މިއަދު އެންމެ ގިނަވެގެން ކިރުވާނީ 2.5 ޓަނުގެ މަސް ކަމަށް މިފްކޯ އިން ހަމަޖައްސައިފި އެވެ.
މިފްކޯގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ އަހުމަދު ސޮއި ކުރައްވައި އެ ކުންފުނީގެ ސެންޓަރުތަކުގެ ވެރިންނަށް އިއްޔެ ފޮނުއްވި މެމޯގައި ވިދާޅުވީ މަސްކިރުވާނެ ވަކި ވަރެއް ހަމަޖެއްސީ މިފްކޯ އަށް މަސް ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މަސް ގަތުމަށް ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމަށެވެ.
"...އޮޕަރޭޝަން މެނޭޖް ކުރުމަށްޓަކައި 27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު މިފްކޯ އަށް މަސް ކިރުވާ ކޮންމެ ދޯންޏަކުން ގަނެވޭނީ 2.5 މެޓްރިކް ޓަނުގެ މަސް ކަމުގައި ހަމަޖައްސައިފީމެވެ،" މިފްކޯ އިން ފޮނުވި މެމޯގައި ބުނެފައިވެ އެވެ.
މިދިޔަ ދެ ދުވަހު ވެސް މިފްކޯ އަށް 720 ޓަނު މަސް ކިރުވި އެވެ. އެއީ ދުވާލަކު 360 ޓަނުގެ މަހެވެ.
މިފްކޯގެ ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ. އެކަމަކު މިފްކޯގެ މަސްބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެ އެވެ.
އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.
ކޫއްޑޫގައި ގިނަ ދޯނިފަހަރު އަނެއްކާ ވެސް މަސް ނުކިރި
މަސް ނުކިރުވިގެން އުކާލާކަށް ނުޖެހޭނެ: މިފްކޯ
ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެއްޖެ
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
މަހުގެ އަގު ދަށްކުރަން މަޝްވަރާ ކުރަނީ