Roadha Mihaaru
ޕާކިސްތާނާ އެކު އޮތް ގުޅުން ބަދަހިކުރަން ބޭނުން:ރައީސް

ޕާކިސްތާނާ އެކު އޮތް ސިޔާސީ ގުޅުން ބަދަހިކުރަން ބޭނުން: ރައީސް

01 އެޕްރީލް 2018

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާންގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބަޖްވާއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ތަރައްގީ އަށް ޕާކިސްތާނުން ވަމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައިފަ އެވެ. އަދި ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމަށް ކުރިމަތިވާ އެއްގޮތް މައްސަލަތަކުގައި ހައްލު ހޯދަން އެކުގައި މަސައްކަތް ކުރަން އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން، ޕާކިސްތާންގެ ޗީފް އޮފް އާމީ ސްޓާފާއާ ސަލާމް ކުރައްވަނީ. ---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ޕާކިސްތާންގެ ޗީފް އޮފް އާމީ ސްޓާފާއާ ސަލާމް ކުރައްވަނީ. ---ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ރައީސް ވިދާޅުވީ ދެ ގައުމުގެ ރަހުމަތްތެރިކަން އެކި ދާއިރާތަކުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ޗީފް އޮފް އާމީ ސްޓާފުގެ މި ދަތުރުފުޅަކީ ފައިދާ ހުރި ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބަޖްވާ ދެއްކެވި ވާހަކާގައި ދެ ގައުމަކީ މުސްލިމް އަހުވަންތަ ދެ ގައުމު ކަމަށެވެ. އަދި ކުރިއަށް އޮތް ތާނުގައި މި ގުޅުން އާ އުސްމިންތަކަކަށް ގެންދަން ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ރާއްޖެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ދައުވަތަކަށެވެ.

ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ހަލަބޮލިކަމުގައި ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާނުން ނުވަންނާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅަމުންދިޔަ ފިޔަވަޅުތަކާ އެ ގައުމުން ވެސް ދެކޮޅުހެދި އެވެ.