11 އޮކްޓޯބަރ 2023
ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ޚަދީޖާ ނަޖީހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފި އެވެ.
ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ ޚަދީޖާ ނަޖީހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފި އެވެ.
ނަޖީހާ ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުން އިއްޔެ ވަނީ އެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފަ އެވެ.
އަންނަ މަހުގެ 17 ގައި މި ސަރުކާރުގެ ދައުރު ހަމަވާ އިރު، އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އިއްޔެ ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމަކީ އަލަަށް އަންނަ ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
"ދަތިތަކެއް ކުރިމަތިވާނެ އެކަމުގެ ސަބަބުން. އަޅުގަނޑުމެން އެދެނީ އެކަން އެގޮތަށް ނުކުރަން،" ފިރުޒުލް އިއްޔެ ވިދާޅުވި އެވެ.
އޭގެ ރައްދުގައި ސަރުކާރުން ބުނީ ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން އައްޔަނުކުރަން ފޮނުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ކަމަށެވެ.
ޔޫއޭއީގެ ސަފީރު ކަމަށް ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ މިދުފާ ނައީމް އައްޔަން ކުރަން ހުށަހެޅީ މިދިޔަ އޯގަސްޓު މަހުގެ 24 ވަނަ ދުވަހެވެ. ބަންގްލަދޭޝްގައި މިހާރު ހުންނެވި ދިވެހި ސަފީރު ޝިރުޒިމަތު ސަމީރުގެ ބަދަލުގައި ޝިއުނީން ރަޝީދު ހަމަޖައްސަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެ ދެ ސިޓީ ވެސް އިއްޔެގެ ޖަލްސާއަށް އެޖެންޑާކުރީ، ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ނުބޭއްވި، މަސައްކަތްތައް ނުހިނގައި އޮތުމަށް ފަހު އެވެ.
އެކަމަކު ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރަކަށް ނަޖީހާ އައްޔަނުކުރަން ރުހުން ހޯދަން ސަރުކާރުން މަޖިލީހަށް ފޮނުވި ސީދާ ތާރީހެއް އަދި ސާފެއް ނުވެ އެވެ.
ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ގިނަ ދުވަސްތަކެއް ފަހުން 8 ސަފީރުންނަށް ރުހުން ދީފި
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ