Roadha Mihaaru
ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް

ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް

11 އޯގަސްޓް 2020

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް، ޕާކިސްތާނުގައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް، ޕާކިސްތާނުގައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ދެއްވައިފި އެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރެއްވި ހަސަނަށް ސިޔާސީ މަގާމެއް ދެއްވިތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.

އޭނާއަކީ، ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސައީދުގެ އިތުރުން، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ވެސް ހައްޔަރުކުރި އެވެ.

ފުލުހަށް ހާޒިރުވާން އޭރު އެންގުމުން ހާޒިރުނުވި މައްސަލާގައި ހަސަންގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އެ އަހަރުގެ ޖުލައި މަހު އިއްވި އެވެ. އެކަމަކު ހުކުމް ކުރުމުގެ ކުރިން އެ މައްސަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު، ހުކުމުގެ މުއްދަތު ޖަލުގައި ހޭދަކުރުމުން ނޮވެމްބަރު 5، 2018 ގައި އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.

ހަސަންގެ މައްޗަށް ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން އުފުލި އެވެ. އެކަމަކު އޮކްޓޯބަރު، 2018 ގައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބާތިލްކޮށްފަ އެވެ.