10 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅު ކަމަށާއި ނަމަވެސް ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާނުން ނުވަންނާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހްމަދު އާސިމަށް ޕާކިސްތާނުގެ ސަރުކާރުން އަންގާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅު ކަމަށާއި ނަމަވެސް ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާނުން ނުވަންނާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހްމަދު އާސިމަށް ޕާކިސްތާނުގެ ސަރުކާރުން އަންގާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފި އެވެ.
ޕާކިސްތާނުގެ ނޫސްތަކުގައިވާ ގޮތުން، ރާއްޖޭގެ މައްސަލަތަކަށް ނުވަންނާނެ ކަން އާސިމަށް އެންގީ، ރާއްޖޭގެ ހާލަތު އޮޅުންފިލުވައިދޭން ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ވަޑައިގެން، އެ ގައުމުގެ ބޮޑުވަޒީރު ޝާހިދު ޚައްގާން އައްބާސީއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
ނޫސްތަކުގައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރާއްޖެ އޮތް ހާލަތާ މެދު ޕާކިސްތާނުން ވަރަށް ކަންބޮޑުވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. މި ހާލަތު އޮތް ކަމުގައި ވިއަސް އެ ގައުމުގެ ނިންމުމަކީ ރާއްޖޭގެ ވެސް އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ނުވަދެ، އދ.ގެ މިންގަނޑުތަކަށް ބޯލެނބުން ކަމަށް ޝާހިދު ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ.
ޕާކިސްތާނުގައި ކުރިން ވެރިކަން ކުރެއްވި ޖެނަރަލް ޕަރްވޭޒް މުޝައްރަފު އެ ގައުމުގެ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ، 2007 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހިންގި ކަންކަމާ ވެސް ދެކޮޅު ކަން ފާހަގަކުރައްވައި، ރާއްޖޭގައި އެފަދަ ހާލަތެއް މެދުވެރިވުމުން ތާއީދުކުރައްވާނީ ކިހިނެއްތޯ ޝާހިދު ސުވާލު ކުރެއްވި ކަމަށް ވެސް ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައިވެ އެވެ.
ރާއްޖެ އާއި ޕާކިސްތާނުގެ އޮތް ގުޅުން ފާހަގަކުރައްވައި، އެއީ، އެއް ގައުމުން އަނެއް ގައުމަަށް އިހްތިރާމްކުރާ ގުޅުމެއް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ.
ރައީސްގެ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރު އާސިމް ޕާކިސްތާނަށް ކުރެއްވި ދަތުރާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
ބޭރުގެ ގައުމުތަކުން ރާއްޖެއަށް ޕްރެޝަރުކޮށް، ކަންބޮޑުވުންފާޅުކުރި ނަމަވެސް ރާއްޖޭގައި އޮތީ އެފަދަ ހާލަތެއް ނޫން ކަމުގެ ޔަގީންކަން ދެއްވަން، ޕާކިސްތާނުގެ އިތުރުން އިންޑިއާ އާއި ޗައިނާގެ އިތުރުން ސައޫދީ އަރަބިއްޔާ އަށް ވެސް ރައީސްގެ މަންދޫބުން ފޮނުވަން ނިންމެވި އެވެ.
ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒުކުރަން ދިވެހި ސަރުކާރަށް ބާރުއެޅި އިންޑިއާ އިން ވަނީ ރައީސްގެ މަންދޫބާ ބައްދަލުކުރަން ދެކޮޅު ހަދައިފަ އެވެ. އެ ގައުމުގެ ސަރުކާރުން ބުނީ އެފަދަ ބައްދަލުވުމަކަށް ރާއްޖޭގެ ހާލަތު ތަން ނުދޭ ކަމަށެވެ.
ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު، އަމުރު ސަރުކާރުން ތަންފީޒު ނުކޮށްގެން އިންޑިއާގެ އިތުރުން، ސްރީ ލަންކާ އާއި އެމެރިކާ އާއި ޖަރުމަނާއި އިނގިރޭސި ވިލާތް ހިމެނެ އެވެ. މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
މި ގައުމުތަކާއި ޖަމާއަތްތަކުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ރާއްޖޭގައި 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރި މައްސަލާގައި ސަރުކާރަށް ބޭރު ގައުމުތަކުގެ ފާޑުކިއުން ވަނީ އިތުރުވެފަ އެވެ. އެކަމަކު ސަރުކާރުން ބުނަމުން އަންނަނީ، ސިޔާސީ ލީޑަރުން ދޫކޮށްލަން ނެރުނު އަމުރު ހުކުމް ތަންފީޒު ނުކުރެވުނީ ގާނޫނުއަސާސީގެ ތަރުތީބު ގެއްލި ދައުލަތް ހިންގަން އުނދަގޫވެދާނެތީ ކަމަށެވެ.
ދެ ފަނޑިޔާރަކު ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ.
ނަވާޒްގެ ދަތުރުފުޅުގައި އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
"ރާއްޖޭގެ ދާޚިލީ ކަންކަމާ ޕާކިސްތާނުން ނުބެހޭނެ"
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު
އިބޫގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ގަބޫލުކޮށްފި
ރާއްޖެ އަށް ފިޔަވަޅު އެޅިޔަ ނުދޭން މަސައްކަތް ކުރާނަން
ޕާކިސްތާނާ އެކު އޮތް ގުޅުން ބަދަހިކުރަން ބޭނުން:ރައީސް
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!