12 ޑިސެމްބަރ 2019
ރާއްޖޭގެ ދާޚިލީ ކަންކަމަކާ ބެހި، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ އެއްވެސް ކަމެއް ޕާކިސްތާނުން ކޮށްފައި ނުވާނެ ކަަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމަކާ ބެހި، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ އެއްވެސް ކަމެއް ޕާކިސްތާނުން ކޮށްފައި ނުވާނެ ކަަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ދާޚިލި ކަންކަމާ ޕާކިސްތާނުން ބެހެން އުޅޭ ކަމާ މެދު ދިވެހި ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައި ވާތީ، އެކަމާ ގުޅިގެން ޕާކިސްތާން އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމާ ނުބެހުމަކީ ޕާކިސްތާނުގެ ސިޔާސަތެއް ކަމަށާއި ރާއްޖެއާ މެދު ވެސް އެ ގައުމަށް އޮންނާނީ އެ ސިޔާސަތު ކަމަށެވެ. އަދި ދައުލަތުގެ އެކި މަގާމުތަކާއި ދާއިރާތަކުގެ ވަފުދުތަކަށް ޕާކިސްތާނުން ދައުވަތު ދެމުން ގެންދަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އަދި މި ސަރުކާރުގައި ވެސް އެފަދަ ވަފުދުތައް ޕާކިސްތާނަށް ގޮސްފައިވާ ކަމަށް އެމްބަސީން ބުނެ އެވެ.
ޕާކިސްތާނުން ބުނިގޮތުގައި، ދިވެހި ސަރުކާރު ބަދުނާމު ކުރަން ސޯޝަލް މީޑިއާގައި ޕާކިސްތާނާއި ޗައިނާ އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ވާހަކަތަކަކީ ވެސް ދޮގެކެވެ. ސޯޝަލް މީޑިއާގެ އެފަދަ ހަރަކާތްތައް ހިންގާފައި ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޓެރަރިޒަމްގެ އިތުރު އެފަދަ އެހެން ކަންކަމާ ޕާކިސްތާނާ ގުޅުވައިގެން ދޮގު މައުލޫމާތުތައް ފަތުރަނީ އެ ގައުމުގެ އަގު ވައްޓާލަން ކަމަށް އެ ބަޔާނުގައި ތުހުމަތު ކޮށްފައިވެ އެވެ.
ޕާކިސްތާނު އެމްބަސީން ބުނީ ރާއްޖޭގެ އިސްލާމީ ވަހުދަތާއި މިނިވަން ކަމަށް ޕާކިސްތާނުން އަބަދުވެސް އިހްތިރާމް ކުރާ ކަމަށާއި ރާއްޖޭގެ މިނިވަން ކަމާއި ސަލާމަތަށް ބުރޫ އަރާ އެއްވެސް ކަމެއް އެ ގައުމުން ނުކުރާނެ ކަމަށެވެ.
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
އިބޫގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ގަބޫލުކޮށްފި
މައްސަލަތަކުގެ ތެރެއަށް ނުވަންނާނަން: ޕާކިސްތާން
ނަވާޒްގެ ދަތުރުފުޅުގައި އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ
ތާލިބާންގެމަންދޫބާ ބައްދަލުކުރުމުން ތޯހާ ރާއްޖެ ގެންނަނީ
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ޕާކިސްތާނު ސަފީރަކަށް ނަޖީހާ އައްޔަންކުރަން މަޖިލީހަށް
ރާއްޖެ-ޕާކިސްތާނު ޖަމިއްޔާގެ ރައީސަކަށް މަސްއޫދު
ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް
އެމްބަސީ އަޅަން ޕާކިސްތާނަށް ވެސް ބިމެއް ދީފި