އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނު އޮތީ ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ކޮޅުމަތީގައި ކަމަށާއި އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
27 އެޕްރީލް 2025
އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނު އޮތީ ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ކޮޅުމަތީގައި ކަމަށާއި އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ތައްޔާރުވާން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި އިނގިރޭސި ބަހުން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިއްޖެ ކަމަށާއި އޭގެ ސަބަބުން ދެކުނު އޭޝިޔާއަށާއި އިންޑިއާ ކަނޑަށް އަދި ދިވެހިރާއްޖެ އަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި އަދި އިގްތިސޯދަށް ކޮށްފާނެ އަސަރުތަކަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި ދާދިފަހުން ދިން ބަޑީގެ ހަމަލާތަކެއްގައި އިންޑިއާގެ 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ ދެ ގައުމުގެ ސިފައިންގެ މެދުގައި ބަޑީގެ ހަމަލާތައް ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ކަމަށް ތުހުމަތުކޮށް، އިންޑިއާ އިން ވަނީ އެ ގައުމާ ދެކޮޅަށް ފިޔަވަޅުތައް އަޅައިފަ އެވެ.
ވާދަވެރި ނިއުކްލިއާ ދެ ބާރުގެ ގުޅުން ފަހުގެ ތާރީހެއްގައި ގޯސްނުވާ ވަރަށް ގޯސްވެ، ބިރުވެރިކަން ބޮޑުވެފައި ވާއިރު އދ. އިން ވެސް ވަނީ ދެ ގައުމު ސުލްހަވެ އިތުރަށް ކަންކަން ގޯސްވިޔަނުދޭން އިލްތިމާސްކޮށްފަ އެވެ. އަދި ދެ ގައުމު ސުލްހަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެ މައްސަލަ ކޮންމެ ގޮތަކުން ވިޔަސް، ހައްލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކަޝްމީރުގައި މިދިޔަ ހަފްތާގައި ދިން ހަމަލާއަށް ފަހު މަސްރަހު ގޯސްވީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް ބުނެ މި ހަމަލާގައި ވެސް އިންޑިއާއިން ޕާކިސްތާނަށް ތުހުމަތު ކުރުމުންނެވެ.
ޕާކިސްތާނުން ވަނީ ތުހުމަތަށް އިންކާރުކޮށްފަ އެވެ. އެކަމަކު އިންޑިއާއިން ވަނީ ޕާކިސްތާނަށް ދަތިކުރުމަށް މިހާރު ފިޔަވަޅުތައް އަޅައިފަ އެވެ.
ކަޝްމީރުގެ މިނިވަން ކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް، އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ގެންދެ އެވެ.
އިންޑިއާގެ ގުޅުމަށް މަލާމާތްކުރާތީ ނަޝީދުގެ ރައްދެއް!
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
ޗައިނާއާ ހެދި ގައުމު ވެއްޓުނީ ދަރަންޏަކަށް: ނަޝީދު
މަޖިލިހާއި ލޮކް ސަބާއާ އެކު އެއްބަސްވުމެއް ހަދަނީ
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ކޮޕީއެއް މޯދީ އަށް
ރާއްޖެ އަށް އެހީވަނީ ދަރަނިވެރިކުރާކަށް ނޫން
މޯދީގެ ޖަލްސާއާ ގުޅޭގޮތުން ލީޑަރުންނާ މަޝްވަރާކޮށްފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް
ރާއްޖެ-ޗައިނާ އެފްޓީއޭއާ މެދު އިންޑިއާގެ ނުތަނަވަސްކަން