24 ޖުލައި 2017
ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މާދަމާ ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މާދަމާ ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަން، ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް ވަޑައިގަންނަވާ ނަވާޒް ޝަރީފް ތިން ދުވަހު ރާއްޖޭގައި މަޑުކުރައްވާނެ އެވެ. މި ދަތުރުފުޅުގައި، ރައީސް ޔާމީން ނަވާޒްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ދީނީ އަދި ސަގާފީ ގޮތުން މައިގަނޑުު އެއް އުސޫލްތަކެއް ގަބޫލުކުރާ ދެ ގައުމުކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރެވުނީ ޖުލައި، 26، 1966ގަ އެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ވެސް ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ޔާމީން ދައުވަތު އެރުވި އެވެ. އެކަމަކު އެ ދައުވަތު ގަބޫލުފުޅު ކުރެއްވި ފަހުން، ނަވާޒް ޝަރީފް ބައިޕާސްގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުން، ރާއްޖެ ވަޑައިނުގެންނެވުނީ އެވެ. މިއީ ނަވާޒް އަށް ދައުވަތު ދެއްވި ތިން ވަނަ ފަހަރެވެ.
ނަވާޒް ރާއްޖެ ވަޑައިގަންނަވާއިރު ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތާ ގުޅިގެން އޭނާ އަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލަ ޚާއްސަ ކޮމިޝަނަކުން ތަހުގީގު ކުރުމަށް ފަހު ހުށަހެޅި ރިޕޯޓް ސުޕްރީމް ކޯޓުން ވަނީ ބަލަން ފަށައިފަ އެވެ. މި މައްސަލައާ ގުޅިގެން ނަވާޒުގެ މަގާމް ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ކޮއްކޯފުޅު ޝަހުބާޒް ޝަރީފަށް ބޮޑު ވަޒީރުކަން ދިނުމާ ގުޅޭ ގޮތުން ވެސް މިހާރު ވަނީ ވެރިކަން ކުރާ ޕާޓީ ތެރޭގައި މަޝްވަރާ ކޮށްފަ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ ރައީސް އޮފީހުން ބުނި ގޮތުގައި، ޖުލައި 26 ވަނަ ދުވަހުގެ ރޭ 9:00 ގައި ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ޖުލައި 25 ވަނަ ދުވަހުގެ ރޭ 12:00 ގައި ގައުމާ މުހާތަބު ކުރައްވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.
މައްސަލަތަކުގެ ތެރެއަށް ނުވަންނާނަން: ޕާކިސްތާން
ޕާކިސްތާނާ އެކު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި
ނުގުޅޭ ކަމަށް ބުނެ އިންޑިއާ ގުޅޭ ސުވާލަށް ޖަވާބެއްނެތް
"ރާއްޖޭގެ ދާޚިލީ ކަންކަމާ ޕާކިސްތާނުން ނުބެހޭނެ"
އިބޫގެ ދައުވަތު ޕާކިސްތާނުގެ ބޮޑުވަޒީރު ގަބޫލުކޮށްފި
ޕާކިސްތާނުން ލޭންޑިންގް ކްރާފްޓެއް ހަދިޔާ ކުރަނީ
ޕާކިސްތާނާ އެކު އޮތް ގުޅުން ބަދަހިކުރަން ބޭނުން:ރައީސް
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި
ރާއްޖޭގައި ޕާކިސްތާނުން މެޑިކަލް ކޮލެޖެއް އަޅައިދެނީ
ނަވާޒް ޝަރީފަށް ރަސްމީ މަރުހަބާ ދަންނަވައިފި