24 ޖުލައި 2018
އިންޑިއާ ކަނޑުގެ ސަލާމަތީ ކަންތައް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގެ ގޮތުން ޕާކިސްތާނުން ރާއްޖެ އަށް ލޭންޑިންގް ކްރާފްޓް މެކަނައިޒްޑް (އެލްސީއެމް) އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ ވިދާޅުވެއްޖެ އެވެ.
އިންޑިއާ ކަނޑުގެ ސަލާމަތީ ކަންތައް އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމުގެ ގޮތުން ޕާކިސްތާނުން ރާއްޖެ އަށް ލޭންޑިންގް ކްރާފްޓް މެކަނައިޒްޑް (އެލްސީއެމް) އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ޒަފަރު މަހްމޫދު އައްބާސީ ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެޑްމިރަލް ޒަފަރު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް އިއްޔެ ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އެޑްމިރަލް ޒަފަރު ވަނީ ޕާކިސްތާނުން ޓެރެރިޒަމާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ. އެގޮތުން މި ސަރަހައްދުގެ މެރިޓައިމް ސެކިއުރިޓީ ބެލެހެއްޓުމަށް ޕާކިސްތާނުގެ ކަނޑުގެ ސިފައިން އެހީތެރިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި އެވެ.
އެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމަށް ދިމާވާ އެއްގޮތް މައްސަލަތައް ހައްލު ކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވައި ކަމަށެވެ.
އަދި ރާއްޖޭގެ ތަރައްގީ އަށް ޕާކިސްތާނުން ވެދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަ ކުރައްވައި ކުރިމަގުގައި ވެސް ދެ ގައުމުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ރަހުމަތްތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެޑްމިރަލް ޒަފަރު ވިދާޅުވެފައި ވަނީ ކުރިމަގުގައި އަސްކަރީ ޓްރެއިނިންގް ޕްރޮގްރާމްތައް ރާވައި ރާއްޖޭގެ ސިފައިންނަށް ޓެކްނިކަލް ސަޕޯޓު އެކި ގޮތްގޮތުން ދޭނެ ކަމަށް ވެސް ވިދާޅުވެފައި އެވެ.
އެޑްމިރަލް ޒަފަރްގެ މި ދަތުރުފުޅާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިއީ ފައިދާ ހުރި ކާމިޔާބު ދަތުރުފުޅަކަށް ވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެޑްމިރަލް ޒަފަރް ވަނީ ރާއްޖެ އިން ދެންނެވި ހޫނު މަރުޙަބާ އަށް ޝުކުރު އަދާކުރައްވައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސް ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެ-ޕާކިސްތާނުގެ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރަނީ
އައްޑޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ގެންދަން އެދެފި
ޕާކިސްތާނާ އެކު އޮތް ގުޅުން ބަދަހިކުރަން ބޭނުން:ރައީސް
ޕާކިސްތާނުގެ އާމީ ޗީފް ރާއްޖެ ވަޑައިގެންފި
މައްސަލަތަކުގެ ތެރެއަށް ނުވަންނާނަން: ޕާކިސްތާން
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި
ރާއްޖޭގައި ޕާކިސްތާނުން މެޑިކަލް ކޮލެޖެއް އަޅައިދެނީ
ޕާކިސްތާނާ އެކު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
ނަވާޒްގެ ދަތުރުފުޅުގައި އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ