Roadha Mihaaru
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

25 ޖުލައި 2017

މާދަމާ ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.

މާދަމާ ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަވާޒް ޝަރީފްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. މާލެ ވަޑައިގެން ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބާއްވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.

ނަވާޒް ޝަރީފް ރާއްޖެ އަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ނަވާޒް ޝަރީފްގެ މި ދަތުރުފުޅުގައި ތިން ދުވަސް ވަންދެން ރާއްޖޭގައި މަޑުކުރައްވާނެ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ވެސް ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ޔާމީން ދައުވަތު އެރުވި އެވެ. އެކަމަކު އެ ދައުވަތު ގަބޫލުފުޅު ކުރެއްވި ފަހުން، ނަވާޒް ޝަރީފް ބައިޕާސްގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުން، ރާއްޖެ ވަޑައިނުގެންނެވުނީ އެވެ. މިއީ ނަވާޒް އަށް ދައުވަތު ދެއްވި ތިން ވަނަ ފަހަރެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ ރައީސް އޮފީހުން ބުނި ގޮތުގައި، ޖުލައި 26 ވަނަ ދުވަހުގެ ރޭ 9:00 ގައި ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.