Roadha Mihaaru
ކުނީގެ މައްސަލަ ހައްލުކުރަން ފުލުހުން ނުކުންނަނީ

ކުނީގެ މައްސަލަ ހައްލުކުރަން ފުލުހުން ނުކުންނަނީ

22 މާޗް 2018

މާލެއަަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި "އެންވަޔަރަމެންޓް ޕޮލިސް" ހަރަކާތްތެރިވާން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެއަަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި "އެންވަޔަރަމެންޓް ޕޮލިސް" ހަރަކާތްތެރިވާން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެންވަޔަރުމެންޓް ޕޮލިސްގެ ހިދުމަތް ފަށަން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ވެމްކޯއާ ދެމެދު މިދިޔަ އާދިއްތަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް ކުނި ޖަމާކުރުން ހުއްޓުވަން، އެ އެއްބަސްވުމުގެ ދަށުން، ރަށުތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި ހަރަކާތްތެރިވާނީ ފުލުހުންނެވެ.

Enviroment police ufahdhany

Enviroment police ufahdhany

The most trusted news source in the Maldives

Mihaaru

އެންވަޔަރުމެންޓް ޕޮލިސް އުފައްދަން އެއްބަސްވުމުގައި ސޮއިކުރުން---

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަރީދު އިސްމާއިލް "މިހާރު" އަށް މިއަދު ވިދާޅުވީ އެންވަޔަރުމެންޓްް ޕޮލިހުންގެ ގޮތުގައި މަސައްކަތްކުރާނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލްގެ ފުލުހުން ކަމަށެވެ. އެ ފުލުހުން ތިބޭނީ ފުލުހުންގެ ޔުނީފޯމުގެ މަތިން އެންވަޔަރުމެންޓް ޕޮލިސް ލިއެފައިވާ ވެސްޓެއް ލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަހެއްހާ ދުވަހުގެ ތެރޭގައި އެ ހިދުމަތް ފަށާއިރު ފުރަތަމަ އިސްކަން ދޭނީ ކުނި އަޅާފައި ހުންނަ ސަރަހައްދުތައް ދެނެގަނެ ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް އެތަންތަން ސާފުކުރުމަށާއި ކުނި އަޅާ ފަރާތްތައް ދެނެގަނެ އެކަން ހުއްޓުވަން ކަމަށް ފަރީދު ވިދާޅުވި އެވެ.

"ކުނި އަޅާ ފަރާތްތައް ދެނެގަނެ އެވެއާނަސް ކުރުމަށް ފުރަތަމަ އިސްކަން ދޭނީ. ކުނި އެޅުން ތަކުރާރުވާ ނަމަ ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.

ކުނި އުކާލަން ވެމްކޯގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ މިހާރު

ކުނި އުކާލަން ވެމްކޯގެ މުވައްޒަފުން މަސައްކަތް ކުރަނީ -- ފޮޓޯ މިހާރު

ފަރީދު ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި ވަނީ ފުލުހުންގެ އެހެން ޑިޕާޓްމަންޓްތައް ފަދައިން އެންވަޔަރުމެންޓް ޕޮލިސް ޔުނިޓް ވެސް ޑިޕާޓްމަންޓެއްގެ ގޮތުގައި ހިންގާށެވެ.

އެންވަޔަރުމެންޓް ޕޮލިސް ޔުނިޓް އުފެއްދީ 2015 ގަ އެވެ. ނަމަވެސް މިހާތަނަށް އެ ޔުނިޓުގެ މަސައްކަތް އޮތީ ނުފަށަ އެވެ.

މާލޭގެ މަގުތަކަށާއި ގޯޅިތަކަށް ކުނި އުކުން މިހާރު އަނެއްކާ ވަނީ އާންމު ކަމަކަށް ވެފަ އެވެ. އޭގެ ސަބަބުން ނުބައި ވަސް ދުވުމާއި މެހި ފަދަ ތަކެތީގެ އުނދަގޫ ބޮޑެވެ.