ރ. ވަންދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާނެ ސެންޓަރެއް ހަދަން ސަރުކާރުން ބަޔަކާ އެ މަސައްކަތް މިއަދު ހަވާލުކޮށްފި އެވެ.
11 މެއި 2025
ރ. ވަންދޫގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާނެ ސެންޓަރެއް ހަދަން ސަރުކާރުން ބަޔަކާ އެ މަސައްކަތް މިއަދު ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ ސެންޓަރެއް ވަންދޫގައި ހެދުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮންޓްރެކްޓަރާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ ސެންޓަރު ހަދަނީ ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގަ އެވެ.
އެ ސެންޓަރު ހެދުމުގެ މަސައްކަތް 18.5 މިލިއަން ރުފިޔާއަށް ހަވާލުކުރީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މަސައްކަތް 10 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
މިނިސްޓްރީން ބުނީ ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖު ކުރުމަށް ވަސީލަތްތައް ގާއިމް ކޮށްފައި ނުވާތީ، އެ އެއްޗެހި ރައްކާތެރި ގޮތުގައި ނައްތާލުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ކަމަށް ހައްލު ހޯދުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
މިނިސްޓްރީ ބުނިގޮތުގައި، 2020 ވަނަ އަހަރު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާ އެކު، ޔޫއެންޑީޕީ އާއި ގުޅިގެން "އެލިމިނޭޓިން ޕާސިސްޓްންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރީ ސައުންޓް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫއު ވަނީ ފަށައިފަ އެވެ.
ރާއްޖެއަށް އެތެރެކުރާ ނުރައްކާތެރި ކެމިކަލާއި އުފެދޭ ނުރައްކާތެރި ކުނި މެނޭޖުކުރުމަށް އެ މަޝްރޫއުގެ ދަށުން ގާނޫނީ އޮނިގަނޑެއް ތައްޔާރުކުރުމާއި އެ އެއްޗެހި މެނޭޖުކު ރާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އުފެދޭ ނުރައްކާތެރި ކުނި ރައްކާކުރުމަށް ސެންޓަރެއް ހަދަނީ އެ ނިޒާމުގެ ތެރެއިން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ސެންޓަރުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލް ތިމާވެއްޓާ ރަށްޓެހި ގޮތުގައި ނައްތާލުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން އެ ތަނުގައި ރައްކާކުރެވޭނެ ކަމަށެވެ.
މުއްދަތު ހަމަވާ ކެމިކަލްގެ ބާވަތްތަކާއި އީ-ވޭސްޓް އަދި ޓޫރިޒަމާއި އިމާރާތްކުރުން ކަހަލަ ސިނާއަތްތަކުން އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ތިމާވެއްޓާއި ރަށްޓެހި އުސޫލަކުން ރައްކާކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު
"ތިލަފުށީ ގޮނޑުގެ މައްސަލަ ހައްލުވާނީ 2023 ގައި"
ތިލަފުށިން ދުން އެރުވުން ހުއްޓުވުމުގެ ފެށުން
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި
ރާއްޖޭގައި އަލަށް ކުނިން ކަރަންޓު އުފައްދަން ފަށައިފި
ޕްލާސްޓިކާ މެދު ރަނގަޅު ސިޔާސަތެއް، ނޫނީ ނާކާމިޔާބު!
ކުންޏާއި ނަޖިހުން ކަރަންޓް އުފައްދަން މަސައްކަތްކުރަނީ
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު
"އެންވަޔަރުމެންޓް ޕޮލިސް" އުފައްދަނީ