26 ނޮވެމްބަރ 2019
މާލެ ސަރަހައްދުގައި އުފެދޭ ކުނި ޖަމާކުރާ ކ. ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އަރާ ދުން ހުއްޓުވުމަށާއި ކުނިގޮނޑު މެނޭޖް ކުރުމަށްޓަކައި ލޭންޑްފިލް ކޮމްޕެކްޓާއެއް ގެނައުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މާލެ ސަރަހައްދުގައި އުފެދޭ ކުނި ޖަމާކުރާ ކ. ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އަރާ ދުން ހުއްޓުވުމަށާއި ކުނިގޮނޑު މެނޭޖް ކުރުމަށްޓަކައި ލޭންޑްފިލް ކޮމްޕެކްޓާއެއް ގެނައުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 9,665,000ރ. އަށެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ ޝިފާއު އަލީ އެވެ.
ތިލަފުށީގައި މިހާރު ކުނި މެނޭޖް ކުރަނީ އަންދައިގެންނެވެ. އޭގެ ސަބަބުން އަރާ ދުންތަކުގެ އަސަރު މާލެ ސަރަހައްދުގެ އެކި ރަށްތަކަށް ފޯރަ އެވެ. އަދި ކުނި ފުނިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައި ނުލެވި އެތައް އަހަރެއް ވަނީ ވެފަ އެވެ. އަދި ބައެއް މޫސުންތަކުގައި އެ ދުމުގެ އަސަރު މާލެ އަށް ވެސް ކޮށް އާންމުންނަށް ބޮޑެތި އުނދަގުލާ ކުރިމަތިވެ އެވެ.
އެހެންވެ، އަންނަ އަހަރުގެ ކުރީކޮޅުން ފެށިގެން، ތިލަފުށިން ދުން އެރުން ހުއްޓުވާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ހުސައިން މިއަދު ވިދާޅުވީ، ލޭންޑްފިލް ކޮމްޕެކްޓާ ބޭނުންކުރަން ފެށުމުން، ކުނިގޮނޑު ކުޑަ ކުރެވި، ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ އެ ރަށުން ދުން އެރުން ހުއްޓުވަން ފެށުމެވެ.
މިނިސްޓާ ޑރ. ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: މިނިސްޓަރު ވިދާޅުވީ މިއީ ކުނި އެންދުން ހުއްޓުވަން ފެށުން ކަމަށް-- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ
"ވޭތުވެދިޔަ ވިއްސަކަށް، ފަންސަވީހަކަށް އަހަރުގެ ތެރޭގައި ޖަމާވެފައި ހުރި ވަގުތީ ގޮތުން ނަމަވެސް ކޮމްޕެކްޓް ކުރުމަށްޓަކައި ގެނެވޭ މެޝިނެއް މިއީ،" ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ހަފްލާގައި މިނިސްޓަރު ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ އެ މެޝިން ގެނެސް އަންނަ ފެބްރުއަރީ ހިސާބުގައި މަސައްކަތް ފެށޭނެ ކަމަށެވެ.
ކުނިގޮނޑުގައި ހުރި ކުންޏާއި ވެލި ވަކިކުރަން ބޭނުންކުރާ މެޝިނާއި ކުނި މެނޭޖް ކުރަން ބޭނުންކުރާ މެޝިންތައް ވެސް ގެންނަން ޖެހޭ ކަމަށާއި އެ ކަން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތިލަފުއްޓަށް ކޮންމެ ދުވަހަކު 500 އެއްހާ ޓަނުގެ ކުނި ޖަމާ ކުރެ އެވެ. އެ ކުނިތައް ރަނގަޅަށް މެނޭޖް ނުކުރެވޭތީ އެ ތަނުގައި މަސައްކަތް ކުރަން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ކުނިތައް ނައްތާލެވޭނެ ގޮތެއް. ނުވަތަ އެ ސައިޒް ކުޑަ ކުރެވޭނެ ގޮތެއް މި ވަގުތު އެ ރަށަކު ނެތް. އެހެންވީމާ އެ ރަށް އެ ދަނީ މާލެއިންނާއި ރިސޯޓްތަކުން ގެންނަ ކުނިން ފުރެމުން،" ކަންބޮޑުވުން ފާޅުކުރައްވަމުން ހުސައިން ވިދާޅުވި އެވެ.
ތިލަފުށީގައި ރަނގަޅު ވޭސްޓްމެނޭޖްމަންޓް ފެސިލިޓީސްތަކެއް ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ގާއިމް ކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. ކާރު ފަދަ ވެހިކަލްތައް ނައްތައިލާ މެޝިންތައް ވެސް ތިލަފުށީގައި ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ.
ތިލަފުށީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
"ތިލަފުށީ ގޮނޑުގެ މައްސަލަ ހައްލުވާނީ 2023 ގައި"
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި
ކުންޏާއި ނަޖިހުން ކަރަންޓް އުފައްދަން މަސައްކަތްކުރަނީ
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހު
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ކުނި މަނޭޖުކުރާ ގާނޫނަކީ ގިނަ މައްސަލަތަކެއްގެ ހައްލު
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް
އައްޑޫގައި ކުނިން ހަކަތަ އުފައްދަން ލޯނު ހަމަޖެހިއްޖެ
3 ރަށެއްގައި ކުނި އަންދާނެ އިންސިނެރޭޓަރު ބަހައްޓަނީ