14 މާޗް 2018
މޯލްޑިވިއަން އައިޑޮލްގެ ސީޒަނަކުން އަދި މި ކަހަލަ މަންޒަރެއް ނުފެނުމަކީ ނަސީބެއް ކަންނޭނގެ އެވެ. އެހެން ނޫން ނަމަ ބެލުންތެރިން ރިއެކްޓް ކުރާނެ ގޮތެއް ވެސް ނޭނގެ އެވެ.
މޯލްޑިވިއަން އައިޑޮލްގެ ސީޒަނަކުން އަދި މި ކަހަލަ މަންޒަރެއް ނުފެނުމަކީ ނަސީބެއް ކަންނޭނގެ އެވެ. އެހެން ނޫން ނަމަ ބެލުންތެރިން ރިއެކްޓް ކުރާނެ ގޮތެއް ވެސް ނޭނގެ އެވެ.
އެމެރިކަން އައިޑޮލް ސީޒަން 16 މި މަހުގެ 11 ވަނަ ދުވަހު ފަށާފައިވާ އިރު، މި ފަހަރު އޭބީސީ ނެޓްވޯކަށް ހިޖުރަ ކުރި ޝޯގެ ވާހަކަތައް ގަދަ އެވެ. މިހާރު އޮޑިޝަން ޝޯތައް ކުރިއަށްދާ އިރު، ޝޯގެ ތިން ޖަޖުންގެ ތެރެއި އެންމެ ވަރުގަދަ ޖަޖަކީ ޝޯގެ ހަމައެކަނި އަންހެން ޖަޖް، ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އެވެ.
އޮޑިޝަންގެ ފުރަތަމަ ޝޯގައި ވެސް އޭނާކޮށްލި ކަމަކުން ބެލުންތެރިން ތިބީ އަންތަރީސްވެފަ އެވެ. މި ވާހަކަ ސޯޝަލް މީޑިއާގައި ވެސް ފަހުން ވަރަށް ގަދަ އަށް ދެއްކި އެވެ.
އޭގެ ފަހުން ހޯމަ ދުވަހުގެ ރޭ އަނެއްކާ ވެސް ހަމަ ހެޑްލައިންތަކަށް އެރީ ކޭޓީގެ ވާހަކަ އެވެ. މި ފަހަރު އޭނާ ސްޓޭޖް މައްޗަށް ވެއްޓުނީ އެވެ. އޮޑިޝަނަށް އެރި އަންހެން ބައިވެރިއަކާ އެކު ނަށަމުން ދަނިކޮށް، ކުރުކުރު ހެދުމެއް ލައިގެން، ހައި ހީލްސް އަށް އަރައިގެން އިން ކެޓީ ކޮންޓްރޯލުން ނައްޓާލައި ވެއްޓުނީ އެވެ.
ފިރިހެން ދެ ޖަޖުން ކަމަށްވާ ލައިނަލް ރިޗީ އާއި ލޫކް ބްރަޔަން ސްޓޭޖް މައްޗަށް އަރައި ކެޓީ ނަގައި ކޮޅަށް ޖަހަ އެވެ. އަދި ރަނގަޅުތޯ އަހާލަ އެވެ.
ކޭޓީ ސްޓޭޖަށް ވެއްޓުމުން ބައެއް މީހުންނަށް އެކަންވީ މަޖާ ކަމަކަށެވެ. އަދި މާ "ބޮޑަށް ކަންކަމާ "އެގްޒައިޓްވެގެން އުޅޭ ނަމަ ވާނީ ތިހެންނޭ" ބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ޝުއޫރުތައް ބަންޑުންކޮށްލާފައިވެ އެވެ.
"އެމެރިކަން އައިޑަލް" ގައި ރަސްގެފާނުގެ ސަޕްރައިޒެއް!
އެމެރިކަން އައިޑޮލް 16 ގެ ގަދަ 3 ކަށަވަރުވެއްޖެ
އެމެރިކަން އައިޑޮލްގެ ހޯސްޓް ހޫނު ފެނުގައި
ޝާހީ ހަފްލާގައި ކޭޓީ އުޅުނު ގޮތް މީމް އަކަށް
ބިލީއާއެކު މަސައްކަތް ނުކުރެވުމަކީ ހެދުނު ގޯހެއް
ކޭޓީ އާއި ޑުއާ އެކުގައި ލަވައެއް ނެރެނީ
ލަވަ ކޮޕީ ކުރިޔަސް ޖޫރިމަނާ ދައްކަން ނުޖެހުނު
ކޮވިޑާ ހެދި ކޭޓީ ޕެރީއަށް ކައިވެނި ނުކުރެވިފައި
ކޭޓީ ޕެރީގެ އާ އަލްބަމަކީ "ސްމައިލް"
އިސްތިއުނާފު މައްސަލަ ކެޓީ އަށް ކާމިޔާބުވެއްޖެ