09 މެއި 2023
ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ފަހު އިިނގިރޭސި ރަސްގެފާނު ޗާލްސް އާއި ރާނީ ކަމިލާ "އެމެރިކަން އައިޑަލް" ގެ ބެލުންތެރިންނަށް ސަޕްރައިޒެއް ދީފި އެވެ.
ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ފަހު އިިނގިރޭސި ރަސްގެފާނު ޗާލްސް އާއި ރާނީ ކަމިލާ "އެމެރިކަން އައިޑަލް" ގެ ބެލުންތެރިންނަށް ސަޕްރައިޒެއް ދީފި އެވެ.
އެ ދެމަފިރިކަނބަލުން ޝޯގެ ސަޕްރައިޒް ގެސްޓުންގެ ގޮތުގައި ބައިވެރިވީ، މިދިޔަ އާދިއްތަ ދުވަހުގެ ރޭ އޮތް "އެމެރިކަން އައިޑަލް" ގެ ޝޯގައި ރަސްގެފާނުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ކޮންސަޓުގައި ލަވަ ހުށަހަޅައިދިން އެ ޝޯގެ ދެ ޖަޖުން، ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަދި ލައިނަލް ރިޗީ، ޝާހީ އާއިލާގެ ވިންޑްސޯ ގަނޑުވަރުގައި ތިބެ "އެމެރިކަން އައިޑަލް" ގެ ހޯސްޓު ރާޔަން ސީކްރެސްޓާ ލައިވްކޮށް ވާހަކަ ދައްކަމުން ދަނިކޮށެވެ.
ނޫކުލައިގެ ސޫޓެއްގައި ހުންނެވި ޗާލްސް އަދި ނޫކުލައިގެ ދިގު ޖެކެޓެއް ތުރުކުރައްވައިގެން ހުންނެވި ރާނީ ވަޑައިގެންނެވުމާ އެކު ރިޗީއާ އެކު ހުރި ކޭޓީ އަށް ވެސް ލިބުނީ ޝޮކެކެވެ.
"އަހަރެން ހަމަ ބަލައިލަން ބޭނުންވީ ކިހާ އިރެއް ވަންދެންތޯ މި ކޮޓަރި ތި މީހުން ބޭނުންކުރާނީ،" ސަމާސާ ކުރައްވަމުން ޗާލްސް ވިދާޅުވި އެވެ.
ރަސްގެފާނު އެހެން ވިދާޅުވުމުން ހިނިގަނޑަކާ އެކު ރިޗީ ޖަވާބު ދިނީ، އަވަހަށް އެ ކޮޓަރިން އެ މީހުން ނިކުންނަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
"އެމެރިކަން އައިޑަލް" އާދިއްތަ ދުވަހުގެ ޝޯގައި ވާހަކަ ދައްކަމުން ކޭޓީ ވެސް ބުނީ، މުޅި ހަރަކާތް ވަރަށް ފުރިހަމަ ކަމަށެވެ.
ޝާހީ ހަފްލާގައި ކޭޓީ އުޅުނު ގޮތް މީމް އަކަށް
އެމެރިކަން އައިޑޮލް 16 ގެ ގަދަ 3 ކަށަވަރުވެއްޖެ
ކޭޓީ ޕެރީ މިއޮތީ ސްޓޭޖް މައްޗަށް ވެއްޓިފައި
އެމެރިކަން އައިޑޮލްގެ ހޯސްޓް ހޫނު ފެނުގައި
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު
ނަޝީދު، ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި
ރަސްގެފާނު ޗާލްސްއަށް ވަނީ ކެންސަރު ޖެހިފައި
ބައިޑެން އިނގިރޭސި ވިލާތަށް ވަޑައިގަންނަވަނީ
ޕްރިންސް ހެރީ ބައިވެރިކުރީ ނަމެއްގައި
އިނގިރޭސި ތަޚުތުގެ ދަށުގައި ކޮން ހިލަގަނޑެއް؟