Roadha Mihaaru
ރަސްގެފާނު ޗާލްސްއަށް ވަނީ ކެންސަރު ޖެހިފައި

ރަސްގެފާނު ޗާލްސްއަށް ވަނީ ކެންސަރު ޖެހިފައި

06 ފެބުރުއަރީ 2024

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިފައިވާ ކަމަށާއި އެހެންވެ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިކަން ބަކިންހަމް ޕެލަސް އިން އިއުލާނުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް އަށް ކެންސަރު ޖެހިފައިވާ ކަމަށާއި އެހެންވެ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިކަން ބަކިންހަމް ޕެލަސް އިން އިއުލާނުކޮށްފި އެވެ.

މަންމާފުޅު، ރާނީ އެލިޒަބަތު ސެޕްޓެމްބަރު 9، 2022 ގައި އަވަހާރަވުމުން ރަސްކަން ލިބިވަޑައިގަތް ޗާލްސް އަކީ އާންމު ގޮތެއްގައި ސިއްހަތު ރަނގަޅު އަދި އެކި ކުޅިވަރުތައް ވެސް ކުޅުއްވައި އުޅުއްވި ބޭފުޅެކެވެ.

ގަނޑުވަރުން ބުނީ މިފަހަރު ޕްރޮސްޓޭޓް އެންލާޖްމަންޓުގެ ފަރުވާއަކަށް ޑޮކްޓަރަށް ދެއްކިއިރު އެހެން މައްސަލައެއް ވެސް ފާހަގަވީ ކަމަށެވެ.

"ޓެސްޓުތައް ހެދި އިރު ކެންސަރުގެ ބާވަތަަކަށް ވަނީ ޑައިގްނޯޒްވެފައި،" ކެންސަރުގެ ބާވަތާއި އެކަމާ ބެހޭ ތަފްސީލް ދިނުމަކާނުލައި ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރަސްގެފާނު މިހާރު ކެންސަަރަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިވާ ކަމަށެވެ. ކެންސަރު ހުރިހާ ކޮން ސްޓޭޖެއްގައި ކަމެއް ވެސް ރަސްގެފާނުގެ ހާލަތާ ބެހޭ ގޮތުން ވެސް ބަޔާނުގައި އެއްޗެއް ނުބުނެ އެވެ.

ރަސްގެފާނު ހުންނެވީ ވަރަށް އަވަހަށް ރަނގަޅުވެ އަލުން އެނބުރި ރައްޔިތުންގެ ހިދުމަތަށް ނުކުމެވަޑައިގަނެވޭނެ ކަމުގެ އުންމީދުގައި ކަމަށް ބަޔާނުގައިވެ އެވެ. ޑޮކްޓަރުން ވަނީ މި ވަގުތު ރަސްގެފާނު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ނޫޅުއްވުމަށް އަންގަވާފައި ކަމަށާއި އެކަމަކު އެކަމަކު ރަސްމީ އެހެން މަސައްކަތްތަކުގައި ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވެސް ގަނޑުވަރުން ބުންޏެވެ.

ޝާހީ އާއިލާއާ ގުޅުން ގޯސްވެ މިހާރު އެމެރިކާގައި ވަކިން އުޅުއްވާ ޗާލްސްގެ ދަރިކަލުން ހެރީ ވިދާޅުވީ ބައްޕާފުޅާ ވާހަކަ ދެއްކެވި ކަމަށާއި ބައްދަލުކުރައްވަން ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޗާލްސް އާއި ޕްރިންސަސް ޑަޔާނާގެ ހަގު ދަރިކަލުން ހެރީ އުޅުއްވަނީ އަނބިކަނބަލުން މޭގަން މާކްލްއާ އެކު ކެލިފޯނިއާގަ އެވެ.

ރަސްގެފާނުގެ އާލާސްކަންފުޅުގެ ޚަބަރާ އެކު އެތައް ބަޔަކު ގެންދަނީ ރަސްގެފާނަށް ހެޔޮ އެދުމުގެ މެސެޖުތައް ފޮނުވަމުންނެވެ. -- އޭއެފްޕީ