Roadha Mihaaru
ގައުމިއްޔަތު ދިރުވުމަކީ ގައުމީ މަސައްކަތެއް: ރައީސް

ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ކުރަން ޖެހޭ ގައުމީ މަސައްކަތެއް: ރައީސް

06 މާޗް 2018

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ކުރަން ޖެހޭ ގައުމީ މަސައްކަތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ކުރަން ޖެހޭ ގައުމީ މަސައްކަތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ދެއްވި ހިތޯބުގައި ވިދާޅުވީ ގައުމުގެ މުސްތަގުބަލު އޮތީ ގައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށް ވާތީ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ގައުމިއްޔަތެއްގެ ވެރި ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާއުކުރާނެ ބައެއް ގޮތުގައި ޒުވާނުން ހަދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން، ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު އިތުރަށް އާލާވެ، ގައުމަށް ހިދުމަތް ކުރާނެ، ގައުމު ދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެ އެވެ.

"ގައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ވަރަށް މުހިންމު ގައުމީ މަސައްކަތެކެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި ވެސް ކޮންމެހެން އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ ކަމެއް ވެސް މެ އެވެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ ފަރާތްތަކަކުން ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު ދިރުވުމަށާއި، ދަރިވަރުންނަކީ ގައުމު ދެކެ ލޯބިވާ، ގައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަގްސަދުގައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގަވާދެއްވަން ހުރިހާ ސްކޫލްތަކުގެ ވެރިންނަށް ރައީސް ގޮވާލެއްވި އެވެ.

މާޗު 6 އަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ހަމަޖެއްސީ ދިވެހިންގެ މެދުގައި އިސްލާމީ ވަހުދަތާއި ގައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަގްސަދުގަ އެވެ.