07 މާޗް 2018
ރައީސް އަބްދުﷲ ޔާމީން ފަދަ ވެރިއަކު ދިވެހި ގައުމަށް ލިބުމަކީ ދިވެހި ރައްޔިތުން ވެސް ޝުކުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން ފަދަ ވެރިއަކު ދިވެހި ގައުމަށް ލިބުމަކީ ދިވެހި ރައްޔިތުން ވެސް ޝުކުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި، ދިވެހި ގައުމިއްޔަތު އާލާކޮށް ދިރުވުމުގެ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ތާރީހުގައި ވެސް ދެކެފައި ނުވާ ހިދުމަތްތެރި ރައީސެއް ކަމަށާއި އެ މަނިކުފާނު ގެންދަވަނީ ހުއްޓުމެއް ނެތި ގައުމު ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި އެ މަނިކުފާނަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ވަރަށް ބޮޑަަށް މަސައްކަތް ކުރައްވައި، ދިވެހި ގައުމުގެ ހައިބަތާއި ކަރާމާތް ދެމެހެއްޓެވުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ރައީސެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"...އެހެންވީމާ އެ މަނިކުފާނުގެ ހިދުމަތްތަކަކީ ދިވެހި ކޮންމެ ދަރިޔަކުމެ ޝުކުރުވެރިވެ، ބަލައިގަންނަން ޖެހޭ ކަމެއް. އެފަދަ ވެރިޔަކު މިފަދަ ދަނޑިވަޅެއްގައި މި ގައުމުގެ ވަލިއްޔުލްއަމުރުގެ މަގާމަށް މާތްﷲ މިންވަރުކޮށް ދެއްވި ކަމަށްޓަކައި ﷲ އަށް ހަމްދުކުރަން،" އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް އަބަދު ވެސް ހިތުގެ ލޯތްބާއި އިހުތިރާމާއި ގަދަރު އޮންނާނެ ކަމަށާއި އެ މަނިކުފާނަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ވެސް އަދާ ކުރައްވާ ކަމަށެވެ.
އެފަދަ ވެރިޔަކު މިފަދަ ދަނޑިވަޅެއްގައި މި ގައުމުގެ ވަލިއްޔުލްއަމުރުގެ މަގާމަށް މާތްﷲ މިންވަރުކޮށް ދެއްވި ކަމަށްޓަކައި ﷲ އަށް ހަމްދު ކުރަން: އަޒްލީން
ސިޔާސީ ގޮތުން ރައީސް ޔާމީންގެ ސަރުކާރަށް މިހާރު ކުރިމަތިވެފައި ހުރި ބައެއް ކަންކަމަށް އިޝާރާތް ކުރައްވައި އަޒްލީން ވިދާޅުވީ ރާއްޖޭގެ މިނިވަން ކަަމަށް އެތެރެއިންނާއި ބޭރުން ހަމަލާތައް އަންނަނީ އިރުވައި މޫސުމުގައި ފުޅަނގަށް ޖެހޭ ހާލާ އެއްފަދަ ގޮތަކަށް ކަމަށެވެ.
"ހިތާމަ އާއި ހިތްދަތިކަމާ އެކު ދަންނަވަން ޖެހެނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ޖެހިފައިވާ ދަތުރެކޭ އިރުވައި މޫސުމުގައި ފުޅަންގަކަށް ޖެހޭ ދަތުރެކޭ ހަމަ އެއްގޮތޭ. މައްޗަށް އަރައިފިއްޔާ ހޯރަ. އަޑިއަށް ހިނގައްޖެއްޔާ ހިބަރު،" މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖޭގެ މިނިވަން ކަމަށް ވެސް މި ވަނީ ހަމަ މިކަހަލަ ގޮތެއް. އެއް ފަހަރު ގައުމުގެ އެތެރޭން ހަމަލާ. އަނެއް ބައި ފަހަރު ގައުމުގެ ބޭރުން ހަމަލާ."
އެހެންވެ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ދިވެހި ގައުމާއިގެން ކުރިއަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކުދި ކުށްތަކުގައި ޖަލުގައި ތިބި ގައިދީންނަށް މާފު ދެނީ
"ރައީސަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބެއް ނެތް"
ޔާމީން ގެއަށް ބަދަލުކުރެވޭނެ ގޮތް އެންގިން: އިމްރާން
ޔާމީން މުޅިންހެން ދެއްކެވީ އަދީބުގެ ވާހަކަ: އިމްރާން
"އިމްރާންގެ ޓްވީޓުން ތަފާތު ކުރުން އޮންނަކަން ހާމަވޭ"
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ
"ޒުވާނުން" ޓެގް އެޅުވުމުގެ ބޭނުމެއް ނެތް: މިނިސްޓަރު
ފުލުހުންގެ މިއަށް ވުރެ މިނިވަން ޒަމާނެއް ނާދޭ:އަޒުލީން
ޓެރަރިޒަމްގެ ގާނޫނު އުވާލާ ނިޔަތާ މެދު ސުވާލު އުފެދޭ